ދަންވަރުގަޑީގައި ކަޅުދަބަހުގައި ގޮތްނޭނގޭ ދިޔާއެއްޗެހި އުފުއްލާ މީހުންނަކަށް ދީނީ ކަންކަމެއް ނޭގޭނެ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ދީނީ ކަންކަމުގައި އިޔާޒު ހަރަކާތްތެރިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އާޒިމް ދައްކަވަމުންދާ ވާހަތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒު ވަނީ އާޒިމް ސައިޒު އޮޅިވަދައި ނޫޅުއްވުމަށްވެސް ދަންނަވާފައެވެ. އިޔާޒުގެ ޓުވީޓައި ގުޅިގެން އާޒިމް ވިދާޅުވީ ސިޔާސީ ބޭނުމަށް ދީން ބޭނުން ކުރުމަކީ ކޮން ކަހަލަ ކަމެއްތޯ ސުވާލު ކުރައްވާފައެެވެ.
އާޒިމްގެ ވާހަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ، ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ކޮންމެ ދީނީ ޢިލްމުވެރިޔަކީ ސިޔާސީ ވާހަކަވެސް ދެއްކިދާނެ ފަރާތެއް ކަމަށާއި، ނަމަވެސް ކޮންމެ ސިޔާސީ މީހަކަށް ދީނީ ވާހަކައެއް ނުދެއްކޭނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އަދި އިޔާޒު ވިދާޅުވީ ދަންވަރުގަޑީގައި ކަޅުދަބަހުގައި ގޮތްނޭނގޭ ދިޔާއެއްޗެހި އުފުއްލާ މީހުންނަކަށް ނޭނގޭނެ ކަމަށެވެ.
ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން. ކޮންމެ ދީނީ ޢިލްމުވެރިޔަކީ ސިޔާސީ ވާހަކަވެސް ދެއްކިދާނެ ފަރާތެއް. ނަމަވެސް ކޮންމެ ސިޔާސީ މީހަކަށް ދީނީ ވާހަކައެއް ނުދެއްކޭނެ. ޚާއްޞަކޮށް ދަންވަރުގަޑީގައި ކަޅުދަބަހުގައި ގޮތްނޭނގޭ ދިޔާއެއްޗެހި އުފުއްލާ މީހުންނަކަށް ނޭނގޭނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން. ކޮންމެ ދީނީ ޢިލްމުވެރިޔަކީ ސިޔާސީ ވާހަކަވެސް ދެއްކިދާނެ ފަރާތެއް. ނަމަވެސް ކޮންމެ ސިޔާސީ މީހަކަށް ދީނީ ވާހަކައެއް ނުދެއްކޭނެ. ޚާއްޞަކޮށް ދަންވަރުގަޑީގައި ކަޅުދަބަހުގައި ގޮތްނޭނގޭ ދިޔާއެއްޗެހި އުފުއްލާ މީހުންނަކަށް ނޭނގޭނެ. https://t.co/BS1G04prQf
— Dr.Mohamed Iyaz (@dr_iyaz) August 2, 2022
އިޔާޒު މިހެން ވިދާޅުވީ ކްލަބް ހައުސްގައި ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން އާޒިމް ވަނީ އަދީބްމެން ގެއިން ކޮތަޅަކަށް އަޅައިގެން ގެންދިޔަ ދިޔާ އެއްޗަކީ ގާނޫނީ ގޮތުން މަނާ އެއްޗެއް ނޫން ކަމަށެވެ. މީގެ ކުރިން މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި އާޒިމް ވަނީ ދަބަހަކަށް އަޅައިގެން ގެންދިޔައީ ހަރާން އެއްޗެއް ނޫން ކަމަށް ވިދާޅުވެ، އެއީ ކޮން އެއްޗެއް ކަން ދެ މަސް ފަހުން މީޑިއާއަށް ހާމަކުރާނެކަން ފާހަގަކުރައްވައިފައެވެ.
މިސަރުކާރުގެ އެސެޓް ރީކަވަރީ ކޮމިޝަނުން ތައްޔާރު ކުރި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު ރައްޔިތުން މަޖިލީހުން އާންމުކޮށްފައިވާއިރު އޭގައި އާޒިމްގެ ނަންވެސް އޮތެވެ. އެއީ އަދީބްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ގެންދިޔަ ކަމަށް ހުސައިން ކިޔާ މީހަކު ދިން ބަޔާނަކާ ގުޅިގެން ކަމަށްވެއެވެ. ނަމަވެސް އާޒިމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިިފައެވެ.
ކޮމެންޓު ފޮނުވާ