ކާނަލް ނަޝީދުވަނީ އޭނާ އަލަމްގިރީގެ ކޮޓަރިއަށް ދިޔަކަމަށް އިއުތިރާފް ވެފަ

ކާނަލް ނަޝީދު ހައްޔަރު ކޮށްފި

ކާނަލް ނަޝީދު ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ކާނަލް ނަޝިދު ހައްޔަރު ކޮށްފައި މިވަނީ، ދާދިފަހުން ލީކް ވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވޯޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރުވަނީ، އެއްޖިންސުން ގުޅުން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ބަންގްލޭޝްގެ އަލަމްގިރިވެސް ހައްޔަރު ކޮށްފައެވެ.

މައުލޫމާތި ލިބިފައިވާ ގޮތުގައި ފުލުހުން ކާނަލް ނަޝީދު ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރަކާއެކު މިއަދު މެދުރު ފަހުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯތަކުން ފެންނަ އެހެން މީހުންވެސް ފުލުހުން މިހާރު ގެންދަނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކުން ފެންނަ މީހުން ހައްޔަރު ކުރަމުންނެވެ. އެހެންނަމަވެސް، ލީކް ވެފައިވާ ވީޑިއޯތަކުން ފެންނަ ކަމަށްބުނާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ފުލުހުންގެ ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ، ފުލުހުން ހަދާފައިވާ ފޮރެންސިކް ތަހުގީގްތަކުން، ވީޑިއޯތަކުން ފެންނަ މީހުންނަކީ ކޮންބައެއްކަން ކަށަވަރު ކުރެވިފައިވާ މީހުން ހައްޔަރު ކުރުމަށް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ކާނަލް ނަޝީދު މީގެ ކުރިންވަނީ ލީކުވެފައިވާ ވޯޑިއޯއިން ފެންނަނީ އޭނާކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭނާ ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ކޮޓަރިއަށް އޭނާ ގޮސްފައިވަނީ "ބިޒްނަސް މީޓިން"އަކަށް ކަމުގައެވެ. އަދި އެއްވެސް ފާޙިޝް އަމަލެއް ހިންގާފައި ނުވާނެކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުން ހައްޔަރު ކުރަން ފަށާއިފައިމިވަނީ މިމީހުން މުޖުތަމައަށް ދޫވެފައި ތިބޭތީ އެކަމުގެ ކަންބޮޑުވުން އާންމުންގެ އެތައްބަޔަކު ފާޅުކޮށް، ސަރުކާރަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރޮޔަލް ފެމިލީގެ މީހުން ހައްޔަރެއް ނުކުރާނެ ނުވެސް ކުރެވޭނެ.

Leave a Reply

Your email address will not be published. Required fields are marked *