ސަރުކާރުގެ އެންމެބޮޑު އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ވެއްޖެ: ނާޒިމް

ސަރުކާރުގެ އެންމެބޮޑު އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ވެއްޖެ: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 08:12
0

ދައުލަތުގެ އެސެޓްތަކުގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ އެންމެބޮޑު އެސެޓްކަމަށް މިއަދު ވިސްނިފައިވާކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް  ޞިއްޚީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓާ ރަހުނު ކުރަން ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅިގެން ނާޒިމް ވިދާޅުވީ ފެނިގެން މިދަނީ މިއަދު ދައުލަތުގެ އެންމެބޮޑު ރައުސުލް މާލަކީ ނުވަތަ އެންމެ ބޮޑު އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލަށް ވެފައިވާތަން ކަމަށެވެ. ދައުލަތުން ބޮޑު ދަރަންޏެއް ނަގާއިރު ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހުރި ބިނާ ރަހުނު ކުރުމަކީ ވަރަށްވެސް ހިތާމަ ހުރިކަމަށް ކުރީގެ ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް ރައީސް ޞާލިހުއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު މަަޝްވަރާ ކުރަމުންދާކަމަށެވެ.

އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައިކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ ރައީސް ޞާލިހުއާއި، މިސަރުކަރުގެ އިސްބޭފުޅުން އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާ އިމާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.