ރާމޯސް ހޯދުމަށް ޕީއެސްޖީ އާއި ޔުވެންޓަސް މަސައްކަތްކުރަނީ

ރާމޯސް ހޯދުމަށް ޕީއެސްޖީ އާއި ޔުވެންޓަސް މަސައްކަތްކުރަނީ

Author
އިބްރާހީމް ސާޢިދު
16 ނޮވެމްބަރ 2020 07:16
0

ރެެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެެއިންގެ އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ހޯދުމަށް އިޓަލީގެ ޔުވެންޓަސް އާއި ފްރާންސްގެ ޕީއެސްޖީން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރާމޯސް މިހާރު ކުޅެމުން އަންނަ ރެއާލް މެޑްރިޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫންމަހު ވަނީ ހަމަވެފައެވެ. ނަމަވެސް ރެއާލުން އިތުރު ކޮންޓްރެކްޓެއް އޭނާއަށް ހުށަނާޅައެވެ. އެއީ ކުރިން ހުށައެޅި އެއްބަސްވުމުގައި އަގުގެ މައްސަލަ އުޅޭތީކަމަށް ރިޕޯޓުތައް ބުނެއެވެ. ރެއާލް މެޑްރިޑުން ދަނީ ރާމޯސް އާއެކު އިތުރު އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ރާމޯސްގެ ހުށައެޅުންތަކާމެދު އެ ކުލަބުން ދަނީ އެކި ގޮތްގޮތުން ވިސްނަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީ އާއި ޔުވެންޓަސްއިން ވެސް ވަނީ ރެއާލް މެޑްރިޑާއެކު މަޝްވަރާތައް ފަށާފައެވެ. އަދި މިހާރު ކުރިޔަށްދަނީ އެންމެ ފުރަތަމަ މަރުހަލާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ރެއާލް މެޑްރިޑުގައި 16 އަހަރު ހޭދަކޮށްފައިވާ ސާޖިއޯ ރާމޯސްއާއެކު އާ އެއްބަސްވުމެއް އެކުލަވާނުލެވ ގިނަދުވަސްވާތީ އަންނަ ޖެނުއަރީން ފެށިގެން އެހެން ކުލަބުތަކާއެކު ރަސްމީ ވާހަކަތައް ދައްކަން ފަށާނެކަމަށް ރާމޯސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.