ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވި ދެވަނަ ޓީމަކަށް ސެނަގޯލް

ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވި ދެވަނަ ޓީމަކަށް ސެނަގޯލް

ގުޅުންހުރި

ގިނީ ބިސާއު ބަލިކޮށް އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ސެނެގާލް ކޮލިފައިވެއްޖެ އެވެ.

ސެނެގާލް ކޮލިފައިވީ ގިނީ ބިސާއުގެ މައްޗަށް 1-0 ގެ ނަތީޖާ އކުން ކުރިހޯދައި ގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ލިވަޕޫލަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގައި ގިނީ ބިސާއުގެ ބޫރާއަށް ވަނީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން ސެނެގާލް މިހާރު ފުޓްބޯޅަ ރޭންކިން އެއްވަނާގައި އޮތްއިރު އެ ޓީމަކީ 2021 އެފްރިކަން ކަޕް އޮފް ނޭޝަންސް ލީގަށް ކޮލިފައިވި ދެވަނަ ޓީމެވެ. މީގެކުރިން ކޮލިފައިވެފައިވަނީ މި މުބާރާތް ބޭއްވުމަށް ހަަމަޖެހިފައިވާ ގައުމު ކެމަރޫން އެވެ. ރޭގެ މޮޅާއިއެކު ސެނެގާލް ކޮލިފައިން ގުރޫޕް އައިގެ އެއްވަނާގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައި އޮތްއިރު އެ ޓީމު ކޮލިފައިވީ އަދި ބާކީ ދެ މެޗު އޮއްވައެވެ.

މި ގްރޫޕުގެ ދެވަނައިގައި އޮތް ކޮންގޯއަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު މިމެޗުން ބަލިވި ގިނީ ބިސާއުއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކޮވިޑް ސަބަބުން މިހާރު މުބާރާތް އޮންނާނީ 2022 ވަނައަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *