ޑރ.އިޔާޒް ޤާޟީންނަށް: ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލައްވާ!

ޑރ.އިޔާޒް ޤާޟީންނަށް: ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލައްވާ!

Author
މުޙައްމަދު ޖިމީ
14 ޖުލައި 2022 11:01
0

ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލައްވަން ދީނީ ޢިލމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓުގެ ޤާޟިންއަށް އިލްތިމާސްކުރައްވައިފިއެވެ.

ޑރ.އިޔާޟް މިކަމަށް އިލްތިމާސްކުރެއްވީ އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އަލަމްގިރީގެ ބަންދަށް 5 ދުވަސް އަދި ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައިހައްޔަރުކުޔރި ދީނީ ޢިލްމުވެރިންގެ ބަންދަށް 2 މަސް ދުވަސް ޖެހުމުން ފާޑުވިދާޅުވެ ކުރެއްވި ޓްވީޓްގައެވެ.

އިޔާޟް ވަނީ، ހަޑިމުޑުދާރު ފާޙިޝް ޢަމަލު ހިންގިމީހާއަށް ފަސް ދުވަސް، މުންކަރާތް މަނާކުރިމީހުންނަށް ފަސްދޮޅަސް ދުވަސް ޖަހާފައިވާކަމަށް ވިދާޅުވެ، ޤާޟީ ﷲ އަށް ބިރުވެތިވުމުގެ ޚިޔާލެއްވެސް ނެތީތޯ ސުވާލުކުރައްވާފައެވެ.

ދުނިޔަވީ ލައްޛަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލައްވާ.

– ޑރ.އިޔާޟް ވިދާޅުވިއެވެ.

އަލަމްގިރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުން އޭނާގެ ބަންދަށް 5 ދުވަސް ކޯޓުން އިތުރުކޮށްދފައިވެއެވެ.

އަލަމްގިރި މިވަގުތު ބަންދުކޮށްފައިހުރީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12ގައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެެއްޖިއްސުން ގުޅުން ހިންގި މައްސަލައާއި އެމްޑީޕީ އަލަމްގިރިއާއި، ނާޒިމް އަބްދުއްސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ފުރުން މަނާކޮށް ޕަސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އެއްޖިއްސުން ހިންގި ވީޑިއޯތަކުގައި ފުރަތަމަ އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ކަމަށް ބުނާ މީހަކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ. އެ މީހުން ޖިންސީ ގުޅުން ހިންގި ކޮޓަރިއަށް ކާނަލް ނަޝީދު ވަންނަ ފޮޓޯތަކެއް އޭގެ ފަހުން އާންމުވިއެވެ. އެއީ ނަޝީދު ކަމަށް އެއްބަސްވިއެވެ. އަދި ބަރަހަނާވެފައި ނުވާނެ ކަމަށާ ޖިންސީ ގުޅުން ހިންގާފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފަހުން ވަނީ ނަޝީދުގެ ވީޑިއޯތަކެއްވެސް އާންމުކޮށްފައެވެ. މިވީޑިއޯތަކުގެ އިތުރުން ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ވީޑިއޯތައް އާންމު ކުރަމުންދާ މީހުން މީގެ އެތައް ދުވަހެއް ކުރީން ފެށިގެން ބްލެކް މެއިލް ކުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން ބުނި ގޮތުގައި ވީޑިއޯތައް އާންމު ކުރަމުންދާ ބައެއް މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.