ބެލްޖިއަމް އަތުން ބަލިވެ އިންގްލޭންޑްގެ އުންމީދު ފެނަށް

ބެލްޖިއަމް އަތުން ބަލިވެ އިންގްލޭންޑްގެ އުންމީދު ފެނަށް

ގުޅުންހުރި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތުގެ ފަހު ބުރަށް ދިއުމުގެ ފުރުސަތު އިންގްލޭންޑަށް ގެއްލިއްޖެ އެވެ.

ބެލްޖިއަމްގަ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 ލަނޑުންނެވެ. ބެލްޖިއަމުން ރޭގެ މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޔޫރީ ޓިލްމަންސް އެވެ. ދެވަނަލަނޑު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މާޓެންސް އެވެ.

ބެލްޖިއަމުން ދެވަނަ ގޯލު ކާމިޔާބުކުރުމުގެ ކުރިން އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ބޯޅަ ގޯލު ރޮނގު މަތިން ކަހަލަ ގޮތަކަށް ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގައި  އިންގްލެންޑުން ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރެވޭ ވަރުގެ މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ.

އިންގްލެންޑާއި ބެލްޖިއަމް ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ ޑެންމާކް އަދި އައިސްލެންޑް ވާދަކުރި މެޗު 1-2 އިން ކާމިޔާބުކުރީ ޑެންމާކެވެ. މި ގްރޫޕުން ފައިނަލް ބުރަށް ކޮލިފައިވާނެ ޓީމެއް އެނގޭނީ އަންނަ ބުދަ ދުވަހުގެ ރޭ ބެލްޖިއަމް އާއި ޑެންމާކް ވާދަކުރާ މެޗް ނިމުމުންނެވެ. ޑެންމާކަށް ހަމައެކަނި އޮތް ފުރުސަތަކީ ބެލްޖިއަމް ބަލިކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *