މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިހަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުނުވެ ދިގުލައިދާ މައްސަލައިގައި އެ ކްލަބުން އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފިއެވެ.
ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އާއިލީ ކަމަކާއި ގުޅިގެން ޗުއްޓީ އިތުރު ކޮށްދީފައެވެ. ރޮނާލްޑޯ ޔުނައިޓެޑުގައި ބަހައްޓަން ބޭނުންވާކަން ހާމަކޮށް އެ ކުލަބުން ވެސް ވަނީ މީޑިއާގައި ދާދިފަހުން ވާހަކަދައްކާފައެވެ. އަދި އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ. ނަމަވެސް ރޮނާލްޑޯ ޔުނައިޓެޑްގެ ޕްރީ ސީޒަންގައި މިހާތަނަށް ބައިވެރި ނުވުމުން އޭނާ ދޫކޮށްލަން ނިންމާފައެވެ. ކްލަބަށް އަންގާފައިވަނީ އާއިލީ ކަމެއްގެ ސަބަބުން މި ވަގުތު ޓްރެއިނިންގައި ބައިވެރިވެވެން ނެތް ކަމަށެވެ.
ޓީމާއި ބައިވެރި ނުވިޔަސް މި ހަފްތާގައި ޔުނައިޓެޑްގެ ފަރިތަކުރުންތައް ފަށާފައިވާއިރު ރޮނާލްޑޯ ފަރިތަކުރަމުން އަންނަނީ ޕޯޗުގަލްގެ ޤައުމީ ޓީމްގެ ހެޑް ކުއާޓަރގައި އަމިއްލައަށެވެ.
ޔުނައިޓެޑުން ޓީމު ވަރުގަދަކުރަން ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން ކުރާ މަސައްކަތުގައި ތަފާތެއް ނުފެންނާތީ ވެސް ރޮނާލްޑޯގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އެ ކްލަބްގެ ސީނިއާ ކުޅުންތެރިންގެ މުސާރައިގެ 25 ޕަސެންޓް އުނިކުރާގޮތަށް ހެދުމަކީ ވެސް ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ނުރުހުންވި ސަބަބެކެވެ.
ޔުނައިޓެޑް ތައިލޭންޑަށް ކުރާ ދަތުރުގައި އަންނަ އަންގާރަ ދުވަހު ލިވަޕޫލާއި ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އަދި އެއަށްފަހު ޓުއާގެ ބާކީބައި ފުރިހަމަ ކުރުމަށް އޮސްޓްރޭލިއާއަށް ދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
One Response
ނިއު ރޭޑިއަންޓަށް އެއްސީޒަނަށް ފްރީކޮށް ގެނެވިދާނެ.