މެޗުގެ ކުރިން ބަންގްލަދޭޝްގެ ކޯޗު ކޮވިޑަށް ޕޮޒެޓިވް ވެއްޖެ

މެޗުގެ ކުރިން ބަންގްލަދޭޝްގެ ކޯޗު ކޮވިޑަށް ޕޮޒެޓިވް ވެއްޖެ

Author
އިބްރާހީމް ސާޢިދު
16 ނޮވެމްބަރ 2020 08:15
0

ނޭޕާލާ އެކު ކުޅެން ހަމަ ޖެހިފައިވާ އެކުވެރިކަމުގެ ދެވަނަ މެޗަށް ތައްޔާރުވަނިކޮށް، ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު ޖެމީ ޑޭ ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޖެމީ ޑޭ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ މިހާރުވަނީ އައިސޮލޭޓް ކޮށްފައެވެ. އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއްވެސް ނުފެނެއެވެ. ދެވަނަ މެޗު ބުދަ ދުވަހު ކުޅޭ އިރު، ޑޭ ގެ ބަދަލުގައި އެ ދުވަހު ބަންގްލަދޭޝް ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗެވެ.

ޖެމީ ޑޭ ކޮވިޑަށް ޕޮޒިޓިވްވީ، ހުކުރު ދުވަހު ނޭޕާލާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު، ހޮނިހިރު ދުވަހު ބަންގްލަދޭޝް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ ދެވަނަ މެޗު އޮންނާނީ ބުދަ ދުވަހުއެވެ. ފުރަތަމަ މެޗު ބަންގަލަދޭޝްއިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މި މެޗަށްފަހު އަންނަ މަހު ބަންގްލަދޭޝް ގަތަރާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.