ޕެރުގެ އިންތިގާލީ ރައީސް މެރީނޯ ވަނީ މަގާމަށް އިސްކުރެވުނުތާ 5 ދުވަސްތެރޭ އިސްތިއުފާ ދެއްވާފައި

ޕެރޫގެ އިންތިގާލީ ރައީސް އިސްތިއުފާ ދެއްވައިފި

ޕެރޫގެ އިންތިގާލީ ރައީސް އިސްތިއުފާ ދެއްވައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ޕެރޫގެ އިންތިގާލީ ރައީސް މެނޫލް މެރީނޯ، މަގާމަށް އިސްކުރެވުނުތާ ހަފްތާއެއްވެސް ނުވަނީސް އިސްތިއުފާ ދެއްވައިފިއެވެ.

މެރީނޯ އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ މަގާމުން އިސްތިއުފާދިނުމަށް މެދުނުކެޑި އެއްދުވަސް ވަންދެން ކުރެވުނު މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިގައި ދެމީހަކު މަރުވެ އެތައްބަޔަކަށް އަނިޔާ ވެފައި ފައިވަނިކޮށެވެ.

"އަހަރެން މުޅި ގައުމަށް އިއުލާންކުރަން މަގާމުން އިސްތިއުފާ ދޭން ބޭނުންވާކަން" ޕެރޫގެ ގައުމީ ޓީވީ މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މެރީނޯ ވިދާޅުވެފައި ވެއެވެ. އަދި ވިދާޅުވެފައިވަނީ އޭނާގެ އެނިންމެވުމަކީ އިތުރަށް ބަދަލުކުރައްވާނެ ނިންމެވުމެއް ނޫންކަމަށާއި އަދި ގައުމު އެއްބައިވަންތަ ވުމަށް ގޮވާލައްވާކަމަށެވެ.

މެރީނޯ ޕެރޫގެ ރައީސްކަމަށް އިސްކުރެވުނީ ވޭތުވެދިޔަ ހަފްތާގައި އިދިކޮޅުގެ މެޖޯރިޓީ އޮންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން، ޕެރޫގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މާޓިން ވިޒްކާރާގެ މައްޗަށް ރިޝްވަތު ދިންކަމުގެ ތުހުމަތުކޮށް އޭނާ މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ވިޒްކާރާ ވަނީ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

މެރިނޯ މަގާމާއި ހަވާލުވި ދުވަހުންފެށިގެން މުޒާހަރާކުރާ ފަރާތްތަކުން ދަނީ އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ތުހުމަތު ކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ގެނެސްފައިވަނީ ބޮޑު ބަޢާވާތެއްކަމުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މެރީނާގެ އިސްތިއުފާއަށް ގޮވާ ހޮނިހިރު ދުވަހުގެ ރެއާހަމައަށް ކުރިޔަށް ދިޔަ މުޒާހަރާތައް ކުރިޔަށް ގޮސްފައިވަނީ ސުލްވެރިކަމާ އެކުއެވެ. އެހެންނަމަވެސް ޕެރޫގެ ރަސްމީ އިދާރާތަކުން ވަނީ، ފާއިތުވެދިޔަ ދެދުވަހު ޕެރޫގެ ފުލުހުން ވެރިރަށް ލީމާގެ ސެންޓްރަލްއަށް އެއްވެ މުޒާހަރާ ކުރަމުންދާ ޒުވާނުންނާއި ދެކޮޅަށް އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އަދި ހުއްޖަތެއް ނެތްގޮތުގައި ކަރުނަ ގޭސްވެސް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައެވެ.

މެރީނޯ އިސްތިއުފާ ދެއްވުމުގެ ކުރިން ޕެރޫގެ ނުފޫޒުގަދަ އެތަކެއް ސިޔާސީ ފަރާތްތަކުންވެސް ވަނީ، އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ނުކޮށް އޭނާ އިސްތިއުފާ ދިނުމަށް މެރީނޯއަށް ގޮވާލާފައެވެ.

ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލުއިޒް ވެލްޑޭޒް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ވަނީ ރައްޔިތުންގެ އިހުސާސްތައް ގަބޫލުކޮށް މެރީނާ ވަގުތުން އިސްތިއުފާދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވެފައިވަނީ މެރީނާ އިސްތިއުފާ ނުދެއްވައިފިނަމަ، ގާނޫނު ހަދާ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.