ކޮލެސްޓްރޯލަކީ އުމުރުގެ ވަކިހިސާބަކަށް ދިއުމުން މައްޗަށްދާ އެއްޗެހީގެ ތެރޭގައި އާންމު އެއްޗެކެވެ. ދުނިޔޭގައި ގިނަ ބަޔަކު ކޮލެސްޓްރޯލް މަތިވުމުގެ ބަލި ތަހައްމަލު ކުރަމުންދާ އިރު މިކަން އާންމުގޮތެއްގައި ކުރިމަތި ވަނީ ކެއުން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތުންނެވެ.
ކޮލެސްޓްރޯލަކީވެސް އަހަރުމެންގެ ހަށިގަނޑަށް ކޮންމެސް މިނަވަރަކަށް ބޭނުންވާ މާއްދާއެކެވެ. އެހެން ނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެއް އިތުރަށް ކޮލެސްޓްރޯލް ހުރެއްޖެނަމަ އެއީ އިންސާނާގެ ހަށިގަނޑަށް އޭގެ ގެއްލުން ބޮޑުވާ ކަމެކެވެ. އެހެން ކަމުން ކޮލެސްޓްރޯލްވެސް ވަކި މިންގަނޑެއްގައި ހިފެހެއްޓުން މުހިންމެވެ.
ކޮލެސްޓްރޯލް މަތިވުމުން ފެއްނާނެ އަލާމައްތައް:
- ލޭމައްޗައް ދިޔުން
- ނޭވާ ކުރުވުން
- މޭގައި ރިއްސުން
- ބޮލަށް އެންބުރުން އެރުން
- ގައިން ވަރުދެރަވުން
ކޮލެސްޓްރޯލް މައްޗައް ދިއުމުން ހަށިގަނޑުގައިވާ ކޮލެސްޓްރޯލްގެ މިންވަރު ދައްކުރުމަށް ބޭނުންކުރަން ޑޮކްޓަރުންނާއި ދިވެހި ބޭސްވެރިންވެސް އިރުޝާދުދޭ އެކައްޗަކީ ހިކަނދިފަތެވެ. ގިނަ ބޭސްތަކެއް ބޭނުން ކުރުމުގެ ބަދަލުގައި މި ފަދަ ގުދުރަތީ ފަތްޕިލާވެލި ބޭނުންކުރުމުން މާ ފައިދާ ބޮޑުވާނއެވެ.
ހިކަނދިފަތް ބޭނުން ކުރުމަށް އެންމެ ރަނގަޅީ ދިޔަ ފެލައިގެން ނުވަތަ ޖޫހެއްގެ ގޮތުގައި (ހަކުރު ނާޅާ) ގިރައިގެންނެވެ. ހިކަނދިފަތު ދިޔަ ބޭނުންކުރާ ނަމަ ފަތުން ދިޔަ ފެލާލުމަށްފަހު ފެންފޮދެއް އަޅައިގެން ބޯށެއެވެ. މިފަދަ ބުއިމަކާއެކު ކަސްރަތަކީވެސް ކޮލެސްޓްރޯލް ދައްކުރުމަށް ވަރައް މުހިންމު ކަމެކެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތިމާ ކާ ކާނާއާއި ކަސްރަތު ނުވަތަ ހެލިފެލިވެ އުޅުމަކީ އެންމެ މުހިންމު ބައިތަކެވެ.