އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާއަށް އެތެރެކުރުން މަނާ ކޮށްފި

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާއަށް އެތެރެކުރުން މަނާ ކޮށްފި

Author
ހުސެއިން
02 ޖުލައި 2022 07:56
0

އިންޑިއާގެ ޖައްވު ނުސާފު ވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކާ، އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް މިހަފްތާގެ ހުކުރު ދުވަހުން ފެށިގެން އިންޑިއަށް އެތެރެކުރުން މަނާ ކޮށްފިއެވެ. މިގޮތުން އިންޑިއާއަށް އެތެރެކުރުން މަނާ ކޮށްފައިވާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރޭގައި އެކިއެކި ބުންއިންތައް ބުއިމަށް ބޭނުންކުރާ ހޮޅިން ފެށިގެން ގޮސް ސިނގިރޭޓް ފޮށިތައްވެސް ހިމެނެއެވެ.

ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާ ކުރަމުން އިންޑިއާގެ ސަރުކާރުންވަނީ، ކާނާއާއި ތާފާތު ބުއިންތަކާއި އާންމު ކާބޯތަކެތި ވިއްކާ ވިޔަފާރިތަކުން މި ފިޔަވަޅު އެޅުން ފަސް ކޮށްދިނުމަށް އެދިފައިވާ އެދުމަށް އިޖާބަ ނުދިނުމަށްވެސް ނިންމާފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމުކަމުގައިވާ އިންޑިއާގެ ޖައްވު ނުސާފު ވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން ދަނީ ޕްލާސްޓިކް ހިމެނޭ ކުނިބުނިންނެވެ.

ދުނިޔެއަށް އަންނަމުންދާ އިގްތިސާދީ ކުރިއެރުންތަކާއެކު، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ދަނީ އިތުރު ވަމުންނެވެ. މީގެ ތެރޭގައި، އެކިއެކި ބުއިންތައް ބުއިމަށް ބޭނުންކުރާ ހޮޅިއާއި އަދި ކެއުން ބުއިމުގައި ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށް އުކާލާ ތަކެތި ގިނަ އަދަދަކަށް ހިމެނެއެވެ.

އެހެންނަމަވެސް، އަހަރަކު 14 މިލިއަން ޓަނުގެ ޕްލާސްޓިކް ބޭނުންކުރަމުން އަންނަ އިންޑިއާގައި ޕްލާސްޓިކް ނައްތާލާނެ ފުރިހަމަ ސިސްޓަމްތައް ގާއިމް ކުރެވިފައެއް ނުވެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ ޕްލާސްޓިކްގެ ގިނަ ބާވަތްތަކަކީ އިންޑިއާގައި ބާކީވާ ކުންޏަށް ވެގެން ދިއުމެވެ.

އިންޑިއާގެ ގިނަ އަވަށްތަކުގެ މަގުތަކަށް، ބާކީވާ ޕްލާސްޓިކްގެ ބާވަތްތައް އުކާލުމަކީ ވަރަށް އާންމު ކެމެކެވެ. ގިނަ ފަހަރަށް މި ތަކެތި ވެގެންދަނީ ނަރުދަމާގެ ނިޒާމުތައް ބްލޮކްކޮށް، އަދި ކޯރުތަކާއި މޫދަށް މިތަކެތިގޮސް ދިރުންހުރި ގިނަ ބާވަތްތައް މީގެ ސަބަބުން މަރުވާ ވަސީލަތަކަށެވެ.

އިންޑިއާއިން އެތެރެކުރުން މަނާކޮށްފައިވާ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި އެކިއެކި ބުއިންތައް ބުއިމަށް ބޭނުންކުރާ ހޮޅިއާއި، ކެއިން ބުއިމުގައި ބޭނުންކުރާ އުލާއި ސަމްސާފަދަ އަދި ތަށިފަދަ ތަކެއްޗާއި، ކަންފަތް ސާފުކުރުމަށް ބޭނުންކުތާ އިއަރ ބަޑްތަކާއި، ތަކެތި ޕެކް ކުރުމަށް ބޭނުންކުރާ ތުނި ދެފުށް ފެންނަ ޕްލާސްޓިކާއި، ފުއްޕާހަމާއި އަދި މެޓާފަދަ ތަކެތީގައި ބޭނުން ކުރާ ޕްލާސްޓިކް ދަނޑި ކޮޅުތަކާއި، ޕްލާސްޓިކް ސިނގިރޭޓް ފޮށިފަދަ ތަކެތި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.