ރަސޫލާއަށް ފުރައްސާރަކުރި ހިންދޫންގެ މީހަކު މަރާލުމާއި ގުޅިގެން އިންޑިއާގައި ދީނީ ބޮޑެތި ހަމަނުޖެހުންތަކެއް

ރަސޫލާއަށް ފުރައްސާރަކުރި ހިންދޫންގެ މީހަކު މަރާލުމާއި ގުޅިގެން އިންޑިއާގައި ދީނީ ބޮޑެތި ހަމަނުޖެހުންތަކެއް

Author
ހުސެއިން
29 ޖޫން 2022 06:27
0

މުސްލިނުންގެ ދެމީހަކު، ރަސޫލާއަށް ފުރައްސާރަ ކުރިން ހިންދޫންގެ މީހަކު މަރާލުމާއި ގުޅިގެން އިންޑިއާގައި ދީނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ހިގައިދާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، މިމީހާ މަރާލި ހާދިސާގެ ވީޑިއޯ ދައުރުވުން ހުއްޓުވުމަށްޓަކާ ސަރުކާރުގެ މުވައްސަސާތަކުން މިހާރުވަނީ ބައެއް ސިޓީތަކުގައި އިންޓަރނެޓްގެ ޚިދުމަތް މެދު ކަނޑާލާފައެވެ.

އިންޑިއާގެ ހުޅަނގުގެ ސިޓީއެއް ކަމުގައިވާ އުޑައިޕޫރުގެ އިތުރުން، ރާޖެސްތާން ސްޓޭޓުގެ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، ހިންދޫންގެ މީހާ މަރާލި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ، އިންޑިއާގެ އެކި ކަންކޮޅުތަކުގައި މި ވީޑިއޯއާއި ގުޅިގެން ދެކޮޅުވެރިކަން އާންމުވާން ފެށުމާއި ގުޅިގެން، މިސްޓޭޓްތަކުގައި އިންޓަރނެޓް ބްލޮކޮށް އަދި މިހާރުވަނީ ކާފިއުވެސް ހިންގާފައެވެ.

އިންޓަރނެޓްގައި ދައުރު ވަމުންދާ އެއް ވީޑިއޯއިން ފެންނަ ގޮތުގައި، ދެމީހަކު ހިންދޫންގެ މީހަކަށް އަނިޔާކުރާތަން ފެންނާން ހުރެއެވެ. އަދި އަނެއް ވީޑިއޯއިން ފެންނަ ގޮތުގައި، ހިންދޫންގެ މީހާ ރަސޫލާއަށް ފުރައްސާރަ ކުރިކަމަށް އެއްބަސް ވުމާއެކު އޭނާގެ ބޯ ބުރިކޮށްލާ މަންޒަރު ފެންނާން ހުރެއެވެ.

އެހެންނަމަވެސް ސީއެންއެންއަށް މައުލޫމާތު ދެމުން މިސިޓީތަކުގެ ފުލުހުން ވިދާޅުވެފައި ވާގޮތުގައި މި މީހާގެ ގައިގެ އެކި ތަންތަން ހުރީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އަދި އޭނާގެ ކަރަށްވެސް ވަރަށް ބޮޑަށް ވަޅިން ހަމަލާދީފައި ވާކަމަށާއި، އެހެންނަމަވެސް އޭނާގެ ބޯ ބުރިކޮށްލާފަ ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ބުދަ ދުވަހު ވިދާޅުވެފައިވަނީ، މި ހާދިސާ ތަހުގީގު ކުރުމަށް، އިންޑިއާގެ އެންމެ ވަރުގަދަ އެންޓި ޓެރަރިޒަމް ޓާސްކް ފޯރސް ކަމުގައިވާ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއާއި ވަނީ ހަވާލު ކުރެވިފައެވެ.

އިންޑިއާގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަރާލާފައިވާ ހިންދޫންގެ މީހަކީ ފަހާ މީހެކެވެ. ރާޖަސްތާނުގެ ޕޮލިސް އޮފިޝަލް ހަވާ ސިންގ ގުމާރިއާ ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހިންދޫންގެ މީހާ މަރާލާފައިވަނީ ސޯޝަލް މީޑިއާގައި، ރަސޫލާއަށް ފުރައްސާރަ ކޮށްގެން މިހާރު ސަސްޕެންޑް ކޮށްފައިވާ ބީޖޭޕީގެ އިސް ތަރުޖަމާ ނުޕުލް ޝަރުމާއަށް ތާއީދުކޮށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.

ގުމާރިއާ ވިދާޅުވެފައިވާ ގޮތުގައި، ދީނީގޮތުން ޚިޔާލު ތަފާތުވާ ޒާތުގެ ވާހަކަ ދައްކައިން ޖޫންމަހުގެ 12 ވަނަ ދުވަހު މިމީހާ ވަނީ ހައްޔަރު ކުރެވި އެހެންނަމަވެސް ކަފާލާތުގެ ދަށުން ފަހުން ދޫކޮށްލެވިފައެވެ.

މި ސްޓޭޓްގެ ޗީފް މިނިސްޓަރ އަޝޯކު ގެލޮޓް އޭނާގެ ޓުވިޓަރގައި ވިދާޅުވެފައި ވާގޮތުގައި މި ދެމީހުން މިހާރު ހައްޔަރު ކުރެވި ތަހުގީގު ދަނީ ކުރިޔަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.