ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ކުޅުމާމެދު ހިތްހަމަޖެހޭ: އެންރީކޭ

ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ކުޅުމާމެދު ހިތްހަމަޖެހޭ: އެންރީކޭ

Author
އިބްރާހީމް ސާޢިދު
15 ނޮވެމްބަރ 2020 11:27
0

ނޭޝަންސް ލީގުގައިރޭ ސްވިޒަލޭންޑް މެޗުން ނަތީޖާ ކޮންމެގޮތަކަށް ނުކުތްކަމުގައި ވިޔަސް ހިތްހަމަޖެހޭކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ރޭ ސްވިޒަލޭންޑާ ދެކޮޅަށްކުޅެ އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން އެންރީކާ ބުނީ ޓީމުން ފެނިގެންދިޔައީ ވަރަށް ހަމަހަމަކުޅުމެއް ކަމަށެވެ. މެޗުގައި ސްޕެއިންގެ އެއްނަބަރު ކީޕަރު ޑޭވިޑް ޑެހެއާ ބެންޗަށް ލުމަށްފަހު އެންރީކޭ ވަނީ އުނާއީ ސިމޮން ފުރުސަތު ދީފައެވެ. މެޗަށްފަހު އޭނާ ބުނީ އޭނާގެ ޓީމުގައި ހިމެނޭ ހުރިހާ ކީޕަރުންވެސް އޭނާގެ އިތުބާރު އޮންނާނެކަމަށާއި އެ ބަދަލު ގެނައީ ޑެހާއަށް އިތުބާރު ނުކުރާތީ ނޫންކަމަށެވެ.  އެންރީކޭ ބުނީ މެޗުން މޮޅުވާން ހައްގުކަން ބޮޑީ ސްޕެއިންކަމަށެވެ.

މިމެޗުން އަހަރެމެންނަށް މޮޅުވާން ހައްގު، އަހަރަމުން މިމެޗުގެ ކުރިން ކުޅުނު ދެމެޗުގައި ވަރަށް ރަނގަޅަށް ކުޅުނިން، މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު އެއްވެސް ޝަކުވާއެއް ނެތް.

– ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު އެންރީކޭ ބުނެފައިވެއެވެ.

އެންރީކޭ ވަނީ ރޭގެ މެޗުގައި ދެ ޕެނެލްޓީ ބޭކާރުކޮށްލި ސާޖިއޯ ރާމޯސްގެ ދިފާއުގެ ވާހަކަ ދައްކާފައެވެ. އެންރީކޭ ބުނީ އަދިވެސް ސްޕެއިންގެ ޓީމުގައި ޕެނެލްޓީ ޖެހުމަށް ލިސްޓުގެ ކުރީގައި އޮންނާނީ ރާމޯސް ކަމަށާއި ރޭގައި މެޗުގައި އިތުރު ޕެނެލްޓީއެއް ލިބުނު ނަމަވެސް އޭނާ ފުރުސަތު ދޭނީ ރާމޯސްއަށް ކަމަށެވެ.

މުބާރާތުގައި ފައިނަލްބުރުން ޖާގަ ކަށަވަރުކުރުމަށް ޖަރުމަނުން އަތުން އަންގާރަ ދުވަހުގެރޭ ސްޕެއިނުން ވަނީ މޮޅުވާން މުޖުބޫރުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.