އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސްގެ ރިޔާސީ ޤަރާރަކުން އިދާރާތަކަށް އަންގައިފި

އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސްގެ ރިޔާސީ ޤަރާރަކުން އިދާރާތަކަށް އަންގައިފި

Author
މުޙައްމަދު ޖިމީ
21 އޭޕްރިލް 2022 12:44
0

އިދިކޮޅު ފަރާތްތަކުން ހިންގާ  "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފިޒްކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަން މަނާކޮށް ނެރުނު ޤަރާރުގައި ވަނީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ. އުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ރައީސް ވަނީ ޤަރާރުގައި ވިދާލުވެފައެވެ.

އިންޑިއާ އައުޓް" އެ ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގައި ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ނަސްލީ ތަފާތުކުރުންތައް ހުއްޓުވަން އެކި އެކި މުއާހަދާތަކާއި އދ. ގެ އެކި އެކި ގަރާރުތަކުގައި އެފަދަ އަމަލުތައް މަނާކުރާ ކަމެއްކަމުގައިކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ދައުލަތަށް ފުދުންތެރިކަމާއި ފާގަތިކަމުން ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ރައްޔިތުންނަށް ލިބޭ އަނިޔާއެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތަކީ ސަރުކާރުން އެކަމެއް ހުއްޓުވަން ޖެހޭ ކަމެއް ކަމުގައި ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. "އިންޑިއާ އައުޓް" ހަރަކާތުން ދިވެހިންނަށާއި ދިވެހި ދައުލަތަށާއި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަތިވާނެކަމަށް ގަބޫލުކުރެވޭކަމަށް ބުނެފަ އެވެ. އަދި ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދަމަހައްޓައި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ދަތިވާކަމަށް ގަބޫލުކުރެވޭކަމަށްވެސް ރައީސްގެ ޤަރާރުގައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތުން ކުރިމަތިވާ ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ އެކި ގޮތްގޮތުން ދިވެހިން ތަހައްމަލުކުރަންޖެހޭ ބުރަ މިން ނުކުރެވޭނެ ކަމަށް އެ ގަރާރުގައި ވިދާޅުވިއެވެ. އެފަދަ ހަރަކާތްތަކުން ބައިނަލްއަގްވާމީ މައުދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެކަމަށާއި، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމު އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެފަދަ ހަރަކާތްތަކުން އަސަރުކުރުވާނޭ ކަމަށްވެސް ޤަރަރާރުގައި ބަޔާންކޮށްފައިވެއެވެ.

ންޑިއާ އާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި އެ ގަރާރުގައި ސިފަކުރާއިރު، އޭގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަމާއި ސުލްހަ ގެއްލުވާލައި، ދާހިލީ ހަމަނުޖެހުން އުފެއްދުމަށް ވެސް މަގުފަހިކޮށްދޭ ކަމަށް ރައީސް ނެރުއްވި ޤަރާރުގައިވެއެވެ. އެ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމުގައި ވެސް ފާހަގަކުރެ އެވެ. އަދި އެއީ ސަރަހައްދީ އަމަންއަމާންކަމާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މުހިންމު މަސައްކަތްތަކަށް ވެސް ހުރަސްއަޅަން ކުރިޔަށްގެންދާ ހަރަކާތެއްކަމްވެސް ސިފަކޮށްފައިވެއެވެ.

އިންޑިއާއާ މެދު ނަފުރަތު އުފައްދަން ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ހިނދު އެފަދަ ހަރަކާތްތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި އެކަން ތަންފީޒު ކުރަން ރައީސް ވަނީ އެގަރާރުގައި އިދާރާތަކަށް އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މި ބާސްމަތީ ރައީސްއަށް ހީވާކަހަލަ ދިވެހިންނަކީ ނުކުޅެދޭ ގުނބޯތަކެކޭ. އަންނަ އަހަރު ދިވެހި ރައްޔިތުން ނިކުމެ ހުރިހާ ޚިޔާނާތްތެރިންދުރުކޮށް އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރާނެ.
އ އަލީބާ
ބަލަގަ ތިވަރ ބޮޑުނުރައްކަލެއްް ގައުމީސަލާމަތައް ކުރާކަމެއް ވީޔާ ތިކަން ކުރާބަޔަކުު ކީއްވެތަަ ހަތްޔަރު ކުރަން ނުކެރެނީ ކީއްވެތަ.. ފިނޑި ސަރުކާރެއް
ޙ ޙުސެން
މިޤަރާރު ނެރުން މާލަސް ވެއްޖެ. ރައީސަށް އައްސަރިބަހުން ސާބަސް ދަންނަވަން. މަނިކުފާނަކީ ކެތްތެރި ކަމުގެ ނަމޫނާއެއް ކަމުގައި ދިވެހިތާރީޚް ލިޔެވޭނޭ ކަމާމެދަކު ޝައްކެއްނެތެވެ.