އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ

އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2022 09:59
0

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

މިރެއިން ފެށިގެން ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30އަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި، 15 އޭޕްރިލްގައި އައްޑޫ ސިޓީގައި، 22 އޭޕްރިލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރިލްގައި ރ. އުނގޫފާރުގައެވެ.

މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިޙްޔާ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ އައްޝައިޚް އިލްޔާސް ޙުސައިންއާއި އައްޝައިޚް ނަޞްރު ޢަލީއެވެ. މިރޭގެ މައުޟޫޢުއަކީ ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ! މި މަޢުޟޫޢުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.