މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންޓަގްރާމް ރަޝިއާގައި ބްލޮކް ކުރުމަށް ނިންމާފައިވާކަން އެގައުމުން ހާމަ ކޮށްފިއެވެ.
ރަޝިއާއިން އިންސްޓަގްރާމް ބޮލޮކު ކުުރުމަށް ނިންމާފައިވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކްއާއި އިންސްޓަރގްރާމް ހިންގަމުންދާ މެޓަ ކުންފުނިން، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއާއި އެގައުމުގެ ސިފައިންނާމެދު ބައެއް ގައުމުތަކުގައި ނަފްރަތު އުފެއްދުން ހުއްދަ ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ރަޝިއާއިން ކުރިންވަނީ މި މައުލޫމާތުތަކަކީ ދެތު މައުލޫމާތުތަކަށް ވެއްޖެނަމަ، މެޓަ ކުންފުނި ރަޝިއާގައި ހިންގުން މަނާކުރާނެކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާގެ މީޑިއާ ރެގިއުލޭޓަރއިން ބުނެފައިވަނީ، ރަޝިއާގެ ސިފައިންނާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް ގޮވާލާ ކޮންޓެންޓް އިންޓަގްރާމުން މިހާރު ފަތުރަމުން ދާކަމުގައެވެ.
އެހެންނަމަވެސް، ރަޝިއާ ސަރުކާރުން ހަމަޖައްސާފައިވަނީ އިންސްޓަގްރާމް އެކީ ބޮލޮކް ކުރުމަށް ކަމެއް ނުވަތަ މި ޕްލެޓްފޯމު ބޭނުން ކުރެވޭ މިންވަރު ހަނިކުރުމަށް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
BREAKING – Russia just started process of banning Instagram.
It’s huge because this is really a much loved platform in Russia and also the source of income for lots of small businesses across the country. And for young Moscow elites it’s.. everything pic.twitter.com/12S3JupG4g
— Polina Ivanova (@polinaivanovva) March 11, 2022
ލީކްވެފައިވާ މައުލޫމާތުތަކާ ހަވާލާދީ ރޮއިޓާރސް ނޫހުން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކުރެއިންގައި ހިގަމުންދާ ހަގުރާމައާއި ގުޅިގެން، ފޭސްބުކު އަދި އިންސްޓަގްރާމް ޕްލެޓްފޯމު ބޭނުންކޮށްގެން، ނަފްރަތު އުފެދޭ ޒާތުގެ ބައެއް ވާހަކަތައް ދެއްކުން ހުއްދަ ކުރުމަށް މި ދެ ޕްލެޓްފޯމު ހިންގަމުންދާ މެޓަ ކުންފުނިން ވަނީ ނިންމާފައެވެ.
އަދި މި ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ފޭސްބުކުއާއި އިންސްޓަގްރާމް ހިންގަމުންދާ މެޓަ ކުންފުނިން ވަނީ، އެ ކުންފުނީގެ ބައެއް ގަވާއިދުތަކަށް ބަދަލު ގެނެސް، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި، އެ ޕްލެޓްފޯމުތައް ބޭނުންކޮށް ދެކެވޭ ނަފްރަތު އުފެދޭ ޒާތުގެ ބައެއް ވާހަކަތަ ހުއްދަ ކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެންނެވެ.
މިގޮތުން، ނަފްރަތު އުފެދޭ ބައެއް ވާހަކަތައް ކަމުގައިވާ، މިސާލަކަށް "ރަޝިއާގެ އިސްތިއުމާރީ ސިފައިންނަށް ހަލާކުހުރި (މަރު)" މިފަދަ އިބާރާތްތައް ބޭނުން ކުރަމުންދިއުން މި ޕްލެޓްފޯރމުތަކުގައި މިހާރުވަނީ ހުއްދަ ކުރެވިފައެވެ. މި ބާވަތުގެ ނަފްތަރު އުފެދޭ އިބާރާތްތަތަކީ މީގެކުރިން މި ޕްލެޓްފޯމުތަކުގައި ބޭނުންކުރުން މަނާ ކުރެވިފައިވާ އިބާރާތްތަކެވެ.
އެހެންނަމަވެސް މެޓަ ކުންފުނިން ބުނެފައިވަނީ، ފޭސްބުކު އަދި އިންސްޓަގްރާމްގައި، ރަޝިއާގެ ރައްޔިތުންނަށް އަމާޒުކޮށް ނަފްރަތު އުފެދޭ ވާހަކަތަކާއި ޝުއޫރު ފާޅުކުރުން ހުއްދަ ނުކުރާނެ ކަމުގައެވެ.
ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަށާއި، ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއަށް މަރުގެ އިންޒާރު ދިނުންވެސް ގިނަ ގައުމުތަކެއްގައި މި ޕްލެޓްފޯމުތަކުގައި ހުއްދަ ކުރެވިގެންދާނެއެވެ.
މެޓަކުންފުނީގެ ސިއްރު ބައެއް މުޢާމަލާތުތަކާ ހަވާލާދީ ރޮއިޓާރސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާގެ ސިފައިންނާއި ދެކޮޅަށް ނަފްރަތު އުފެދޭ ވާހަކަތައް މި ޕްލެޓްފޯމްތަކުގައި ދެއްކުން ހުއްދަ ކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަރުމީނިއާ، އާޒަރުބައިޖާން، އެސްޓޯނިއާ، ޖޯޖިއާ، ހަންގޭރީ، ލެޓްވިއާ، ލިތުއޭނިއާ، ޕޮލޭންޑު ރަޝިއާ، ސްލޮވާކިއާގެ އިތުރުން ޔޫކުރެއިންއެވެ.
"އަރެމެން އުއްމީދުކުރަނީ ރޮއިޓާސްގެ ރިޕޯޓަކީ ސައްޙަ ރިޕޯޓަކަށް ވެގެން ނުދާނެކަމަށް. އަދި އެއީ ގަބޫކުރަން ދަތި ވާހަކަތަކެއް،" ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ރިޕޯޓަރުންނާ ވާހަކަ ދައްވަމުން ވިދާޅުވެފައި ވެއެވެ.
"އަހަރެމެން އުއްމީދުކުރަނީ މިއީ ސައްޙަ ރިޕޯޓަކަށް ވެގެން ނުދާނެކަމަށް، ސަބަބަކީ މިއީ ސައްޙަ ރިޕޯޓަކަށް ވެއްޖެއްނަމަ އޭގެ މާނައަކީ އެހާތަނުން މިކުންފުނި މަނާކުރުމަށް ނިންމިގެން ދާނެތީ،" އޭނާ ވިދާޅުވިއެވެ.
ރަޝިއާގައި މީގެ ކުރިންވަނީ، މެޓަ ކުންފިނީގެ އިތުރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ ފޭސްބުކު އެގައުމުގައި ބްލޮކް ކޮށްފައެވެ. އަދި ޓުވިޓަރ ވެސް ވަނީ ރަޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.