މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ގޮތަކާއިމެދު، ޝާހިދު މޯދީއާއި މަޝްވަރާކުރައްވައިފި

މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ގޮތަކާއިމެދު، ޝާހިދު މޯދީއާއި މަޝްވަރާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2021 07:45
0

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތުގައި މަސައްކަތް ކުރައްވާނެ ގޮތާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާއި ބެހޭ މަޢުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ފޮރިން މިނިސްޓަރގެ އަރިހުގައި މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރ ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.

މިއަދު ނިއު ދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދިވެހި ސަރުކާރާއި، އަދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. އަދި މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ޖުލައި 22 އިން 24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙުއްބުލްވަޠަން
އަދިވެސް ޕަޕެޓް އުސޫލު ދޫކޮށް އަމިއްލަ މިނިވަންކަން އިސްކުރާކަށް ނުވޭތަ؟ ޤައުމެއް ޙަޔާތުން މީ ލަދިވެތި ދުވަސްތަކެއް، ބައެއްގެ އުނގަށް ވެއްޓި އެމީހުން ބުނާހާ ގޮތަކަށް ލަންކުރުމުން މިއެނގެނީ އަމިއްލަ އިޚްތިޔާރެއްނެތްކަން. އެބުނާހެން މީ ހަމަ އެމީހުންގެ ކުޑަ ސަރުކާރަކާ ވައްތަރީ.
ސ ސަންޕަ
މަހީކުރީ ދިވެހި ބައިތުލްމާލު ހުސްކޮއްގެން މިތަނަކައް ހޮވުނީ ދިވެއްސެއްކަމައް، އިންޑިޔާ މީހެއް ދޯހޮވުނީ
R Rty
ޚކަލެކޮމޮހެނރަހޔިތުނކިޔަނެކަމެހނެހ