މިހާރުވެސް އެއްވެވޭނީ ފުލުހުންގެ ހުއްދައައާއިއެކު ކާނިވާ ސަރަހައްދަށް

މިހާރުވެސް އެއްވެވޭނީ ފުލުހުންގެ ހުއްދައައާއިއެކު ކާނިވާ ސަރަހައްދަށް

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2021 08:09
0

އެއްވެ އުޅުމުގެ ޤާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން ގެނައި އިސްލާހާއިއެކު، އެކުލަވާލި ގަވާއިދުގެ ދަށުން މިހާރުވެސް މާލެ ސަރަހައްދުގައި އެއްވެވޭނީ ފުލުހުންގެ ހުއްދައައާއިކު ކާނިވާ ސަރަހައްދަށް އެކަނި ކަމުގައި ޤާނޫނީ ވަކީލް އަލް އުޘްތާޒު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ އެއްވުންތަކާއި، މުޒާހަރާތަކާއި ގުޅިގެން ޤާނޫނީ ވަކީލް ނިޝާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ބަދަލާއިއެކު މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ ތަނެއް ކަނޑައަޅައި އެނޫން ތަނަކަށް އެއްވުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ނިޝާން ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ޤާނޫނަށް ގެނައި ބަދަލުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށެވެ. މިގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަންތަނުގެ ލިސްޓް، ޤާނޫނު ނަންބަރު (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ޢާންމުކޮށް އިޢުލާންކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށެވެ.

ޤާނޫނަށް ގެނައި ބަދަލާއިއެކު 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ހޯމް މިނިސްޓްރީން އެކުލަވާލައި އާންމުކުރި ގަވާއިދުގައި ބުނެގައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ނަންބަރު 1/2013) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަޙައްދުގައި ކަމަށް ކަނޑައަޅައިފައިވާކަމަށެވެ.

ޤާނޫނީ ވަކީލް ނިޝާން ވިދާޅުވީ މިއަދުވެސް ޤާނޫނަށް ގެނައި ބަދަލާއިއެކު އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމުގައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. އެހެންކަމުން މާލޭގައި މިހާރު ބާއްވާ އެއްވުންވެސް ބޭއްވޭނީ ފުލުހުންގެ ހުއްދައާއިއެކު ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ނިޝާން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ކާނިވާ ސަރަހައްދަށް އެއްވާން ހުއްދަ އަށް އެދުނީމާ ބުނާނެ މިހަފުތާގަ އެތަން އޮތީ ބަޔަކަށް ދީފައޭ.އަނެއް ހަފުތާގަ ބުނާނެ ކަރަންޓު މަސައްކަތެއް ކުރަނީއޭ އަނެއްފަހަރު ބުނާނެ ކޮވިޑޭ ގައިދުރު ކަމޭ.އަނެއްފަހަރު ބުނާނެ އެތާ ކައިރީ ޕާކިންޒޯނު ކުރަހަނީއޭ.އަނެއް ފަހަރަކު ބުނާނެ ބޭރު ގައުމެއްގެ ވެރިޔަކު އަންނާތީ ސެކިއުރިޓީއޭ.
D Dhandi
Adhives RY tho verikamuga huree
ޢ ޢަލީ
ބަލަ.އޭއްޗެކޭ މީއްޗެކޭ ކިޔާފަ އެތަނަށް ވެސް އެއްވިޔަކަ ނުދެއޭ.....ބީތާވެފަ ހުރި އުތާޛެއް ތިޔައީ.
އ އައްޔުބެ
އެހެނެވެ އެމްޑީޕީ މީހުން ޔާމީނު ވެރިކަމުގައި ކުރި ހުރިހާ މުޒާހަރާއެއްވެސް ކުރީ ފުލުހުން ވަށައިގެން ސަފު އަތުރައިގެން ކާނިވާ ސަރަހައްދުގައި ދެއްތޯ ފުންނާބު އުސް ވަކީލޫ