މާލެ ސަރަހައްދުގައި ކޯވިޑް-19 ކޮންޓްރޯލް ނުވާ އެންމެބޮޑު ސަބަބަކީ މާލެ ސަރަހައްދުގައި ގިނަ ބަޔަކު ބައިވެރިވަ އެކި ބާވަތުގެ އެއްވުންތައް އެޕީއޭއިން ކޮންޓްރޯލް ނުކުރާތީ ކަމުގައި ކުރީގެ ހެލްތު މިނިސްޓަރ ޑރ.އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކޯވިޑް ފެތުރި ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފައިވާއިރުވެސް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން ފާޅުކޮށް ޑރ.ޑީޑީ ވިދާޅުވީ މިހާ ވަރަށް ކޯވިޑްގެ ބަލި ފެތުރެމުންދާއިރުވެސް ބަލި ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާތަން ނުފެންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލް ނުވެދާއިރުވެސް ގިނަ މީހުން އެއްވެ ހިންގޭ ގިނަ ހަރަކާތްތައް އެއްވެސް ވަރަކަށް ކޮންޓްރޯލްވެ، އެއްވުމުގެ ފުރުސަތު އެޗްޕީއޭއިން ދެމުންދާކަމަށް ޑީޑީ ވިދާޅުވިއެވެ. މިހާލަތުގައި މާލެ ސަރަހައްދުގައި ހިންގޭ އެނެމެހައ ކެފޭ ރެސްޓޯރެންޓާއި، ޖިމްތަކައި، މިސްކިތްތައްވެސް ބަންދުކޮށް ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅު އަޅަންޖެހޭކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
މާލެ އޭރިޔާގައި ކޯވިޑް-19 ކޮމިއުނިޓީ ސްޕްރެޑް ކޮންޓްރޯލް ނުކުރެވެނީ މައިގަނޑު ސަބަބަކީ އެއްވުންތައް އެޗްޕީއޭ އިން ކޮންޓްރޯލް ނުކުރާތީ! ސްކޫލުތަކާއި، ކެފޭ، ރެސްޓޯރެންޓު، ޖިމް ތައް އަދި މިސްކިތްތަކުގެ ޖަމާއަތްތައް ހުއްޓާލަން ޖެހޭ.
– ޑރ.ޑީޑީ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ބަލި ކޮންޓްރޯލްނުވެ ކޮންމެ ދުވަހަކުވެސް ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ގިނައިން މީހުން އެއްވެވޭ ހަރަކާތްތަކާއި ކަންކަން ހުއްޓުވުމަށް އެޗްޕީއޭއިންދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.
އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެދުނު 6 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތައް ރޭގަނޑު 8 ފަހުން ވަނީ ބަންދުކުރުމަށް އަންގާފައެވެ. މީގެ އިތުރުން މިހާރު ދަނީ މިސްކިތްތައް ބަންދު ކުރުމައި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވަމުންނެވެ. އަދި މިހާރުވެސް މާލެ ސަރަހައްދުގައި 10 މީހުންނަށްވެސް ގިނައިން އެއްވެ އުޅުމަކީ މަނާކަމެކެވެ.
ކޮމެންޓު ފޮނުވާ