މާލޭގެ ރައްޔިތުންނާއި އޮންލައިންކޮށް ސިޓީ ކައުންސިލުން ބައްދަލު ކުރުމަށް ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޯވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ މި ބައްދަލުވުން ބޭއްވޭގޮތް ވަނީ ނުވެފައި ކަމުގައެވެ. އެހެން ނަމަވެސް ކޯވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ލިންކުވެސް ސިޓީ ކައުންސިލުން ވަނީ ހިއްސާ ކޮށްފައެވެ.
ކައުންސިލް އިންތިޚާބު ގާތްވަމުންދާއިރު، ސިޓީ ކައުންސިލުން ކޮށްދޭ ކަންތައްތައް އިތުރުވެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ރާވަމުންނެވެ.
ކޮމެންޓު ފޮނުވާ