މާލެ ސަރަހައްދުގައި ގްރޭޑް 8 އާއި ހަމައަށް ކިޔެވުން މެދު ކަނޑާލައިފި

މާލެ ސަރަހައްދުގައި ގްރޭޑް 8 އާއި ހަމައަށް ކިޔެވުން މެދު ކަނޑާލައިފި

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2021 08:47
0

މާލެ ސަރަހައްދުގައި ގްރޭޑް 8 އާއިހަމައަށް ކިޔެވުން މެދު ކަނޑާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިދުވަސްވަރު ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ، މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ޙާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުގެ މަތިން ކުރިއަށް އޮތް 2 ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން (28 ފެބުރުވަރީ 2021 އިން 11 މާރިޗު 2021އަށް) މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އެއްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންނަށް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.