ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2021 08:24
0

ރ. ދުވާފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ. ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގެ ބިންހިއްކުމާ، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެލްޓަރެވެ.

ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުއަށް މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މުޅި މަޝްރޫޢުގެ އަގަކީ 54 މިލިއަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.