ޚަބަރު އޮންލައިން ޕޯލް: ހުޅުމާލޭ ދާއިރާ ބޮޑުތަފާތަކުން ކާމިޔާބު ކުރާނީ ޝުޖާ

ޚަބަރު އޮންލައިން ޕޯލް: ހުޅުމާލޭ ދާއިރާ ބޮޑުތަފާތަކުން ކާމިޔާބު ކުރާނީ ޝުޖާ

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2021 06:55
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ގޮޑި ކާމިޔާބު ކުރާނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ސުޖާ ކާމިޔާބު ކުރައްވައިފިއެވެ.

ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ކެންޑިޑޭޓުންގެ މެދުގައި ނެގުނު މިވޯޓު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް ޝުޖާ ކާމިޔާބު ކޮށްފައިވަނީ 58 އިންސައްތަ ވޯޓުންނެވެ. ޕޯލްގައި ޝުޖާއާއި ވާދަކުރެއްވި ސަރުކާރު ހިންގާ މައި ޕާޓީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރަށް ލިބިފައިވަނީ 17 އިންސައްތަ ވޯޓެެވެ.

ހުޅުމާލޭ ދާއިރާގެ ގޮޑިއަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓާއި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކެންޑީޑޭޓުވެސް ދަނީ ކެންޕެއިން ކުރައްވަމުންނެވެ. ހުޅުމާލޭގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރެއްވުމަށް ދެބޭފުޅުންވެސް ވަނީ އެކި ވައުދުތައް ވަމުންނެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކާއި ގުޅޭގޮތުން އާންމު ޚިޔާލު ހުރިގޮތް ބެލުމަށް ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީވެސް އިދިކޮޅު ޕީޕީއެމް އިންނެވެ. އެ ޕޯލްގެ ނަތީޖާއިން ޕޯލުން ދައްކާ ގޮތުން އިދިކޮޅު ޕީޕީއެމް އަށްވަނީ 74.5 އިންސައްތަ ވޯޓު ލިބިފައެވެ. ސަރުކާރު ހިންގައި މައިޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 25 އިންސައްތަ ވޯޓެވެ. ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 0.5 އިންސަތަ ވޯޓެވެ. މި ޕޯލްގައި 7,843 މީހުން ވޯޓު ދީފައިވެއެވެ.

ކައުންސިލް އިންތިޚާބު ބާއްވާނެކަމަށް މިހާރު އިއުލާންކޮށްފައިވާ ތާރީހަކީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެއްކަލަ އިއްބެ
އިބްރާހިމް ސުޖާ