އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް މުޒާހަރާތަކުގައި ގެންގުޅުއްވާނެ ސްޓްރެޓެޖީ ވަރަށް ރަނގަޅަށް އެގޭކަމަށް ބުނެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ މިއަދު އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ހުއްޓުވައި މުޒާހަރާއަށް ޖާގަ ނުދޭނެކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށްވެސް ގިނަ ބަޔަކު ނިކުމެ މުޒާހަރާ ކޮށްފައިވަނިކޮށެވެ. މިނިސްޓަރ އިމްރާން ކުރެއްވި ކުރު ޓްވީޓުގައި މާބޮޑު ތަފްސީލެއް ދެއްވާފައި ނުވެއެވެ. މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.
މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގޭ.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
muzahara kuriyah gendhevumugai adhurey gengulhuhvaane strategy alhuhadumenah v rangalhah engey
— Imran Abdulla (@ShimranAb) February 26, 2021
މިއަދުގެ ނުޒާހަރާ ފެށެން ގާތް ވެފައި ވަނިކޮށް ހޯމް މިނިސްޓަރ އިމްރާން ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
ކޯވިޑް-19އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުަތަކައި ޚިލާފަށް މާލޭގައި ހިންގޭ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ