ކޯވިޑް-19 ގައި ރާއްޖޭގެ ދީނީ އިލްމުވެރިން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މިހާރު ހަދާން ނެތުނީތޯ ބުނެ ޝައިޚު ޒައިދު މިނިސްޓަރ ނަސީމާއި ސުވާލު ކުރައްވައިފިއެވެ.
ޝައިޚު ޒައިދު މިފަދަ ސުވާލެއް ކުރެއްވީ ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، ބައެއް ދީނީ އިލްމުވެރިން ގޯސް ފަތުވާތައް ނެރެމުންދާ މައްސަލަ ބަލަންޖެހޭ ކަމަށް ބުނެ މިނިސްޓަރ ނަސީމް ވިދާޅުވެ ދެއްކެވި ވާހަކަތާކާއި ގުޅިގެންނެވެ. ޝައިޚު ޒައިދު ވިދާޅުވީ ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި އެޗްޕީއޭއާއިއެކު މަޝްވަރާ މޭޒުތަކުގައި އެތައް މަގުތަކެއް ހޭދަކޮށް ރާއްޖޭގެ އިލްމުވެރިން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ މިނިސްޓަރ ނަސީމް އެކަންކަމުގެ މަތީން ހަދާން ނެތި އިލްމުވެރިންނާއި ދިމާކޮށްގެން އުޅުއްވާ މަންޒަރުކަމަށެވެ.
ޞިއްޚީ ވަޒީރު ދީނީ އިލްމުވެރިންނާއި ބެހިލައްވަނީ ކީއްވެތޯ؟ ކޯވިޑްގެ މިވަބާގައި އެޗްޕީއޭ އަށް އެންމެ އެއްބާރުލުން ހަގީގީ ސިފައިއެއްގައި ދިން ބަޔަކީ ދީނީ އިލްމުވެރިން! އެތައް ގަޑިއިރެއްގެ ބައްދަލުވުންތަކާއި، އެތައް މަޝްވަރާއެއް ކުރެވުނު! މިކަންކަމަށް ޤަދަރުކުރަން ޞިއްޚީ ވަޒީރު ދަސްކުރައްވަން ފެނޭ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، މާލޭގައި މިހާރު ކޮވިޑްގެ ސްޕްރެޑް އޮތީ ކިހާ މިންވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބައެއް ދީނީ އިލްމުވެރިން އެއްވެސް ޒިންމާދާރުކަމެއް ނެތި ގޯސް ފަތުވާތައް ނެރެމުންދާކަމަށް ނަސީމް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ދިމާވެގެން މިއުޅެނީ ބައްޔެއްގެ މައްސަލަ ކަމަށާއި، ދީނީ މައްސަލައެއް ނޫންކަމަށް ނަސީމް ވިދާޅުވިއެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން އެއްވެސް ޒިންމާދާރުކަމެއް ނެތި މުޅި ރާއްޖޭގައި ވަރަށް ނުރައްކާތެރި ވާހަކަތައް ފަތުރަމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ.
އެގޮތުން، މިސްކިތައް ދާ ހުރިހާ ފަރާތްތަކުންވެސް މާސްކް އެޅުމަށް މިނިސްޓްރީ އިން އެދެމުންދިޔަ ނަމަވެސް ބައެއް މިސްކިތް ތަކުގައި އެގޮތަށް އަމަލު ނުކުރެވޭކަން ނަސީމް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ނޫރު މިސްކިތް ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ، މިސްކިތައް އަރާ ބައެއް ފަރާތްތަކުން މާސްކް ނަގާލައި، މާސްކް އަޅަން ނުޖެހޭކަމަށް ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ.
Rangalhah Mask elhuhvumah Sihhee vazeerah naseyhaitheri ve ilthimaas kuran! Rasmee bahdhalu vun thakugai, mifadha gothakah Mask alhuhvai, thiya dhakkavanee nubai misaaleh! Covid ge mi nurakkaatheri dhandi valhugai mifadha kankamah rakkaatherive lehvun edhen! pic.twitter.com/x33ziPtYgb
— Ali Zaid (@alizaid1000) February 26, 2021
މިނިސްޓަރ ނަސީމްގެ މިވާހަތައް ދެއްކެވި ދުވަހު ބައްދަލުވުމުގައި އިންނެވި އިރު މާސްކު އަޅައިގެން އިންނެވި އިރު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް މާސްކު އަޅައިގެން އިންނެވި ފޮޓޯއެއް ޝައިޚު ޒައިދު ވަނީ ހިއްސާ ކުރައްވައި، ފުރަތަމަ ވަޒީރު މިކަންކަން އިސްލާހު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓު ފޮނުވާ