ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ

ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަނީ

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 05:33
0

އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާ ކޮންޓްރޯ ކުރުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މުޒާހަރާ ކޮންޓްރޯލް ކުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ދަނީ މުޒާހަރާ ކުރަމުންދާ އެކި ސަރަހައްދުތަަކަށް ގޮސް މުޒާހަރާ ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ހިމެނެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންވެސް ހިމެނެއެވެ.

މުޒާހަރާ ކުރަމުންދާ އެކި ސަރަަައްދުތަކަށް ފުލުހުން ގޮސް މުޒާހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކޮންމެ ސަރަހައްދަކުންވެސް ގިނަ އަދަދަކަށް މީހުން ދަނީ ހައްޔަރު ކުރަމުންނެވެ.

މިއަދުގެ މުޒާހަރާ ފެށެން ކައިރިވެފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ޖާގަ ނުދޭނެކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރުމަށް ރާވާފައިވާ މުޒާހަރާ ހުއްޓުވާނެކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފުލުހުން ދެކޭކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.