މުޒާހަރާ ފެށުމަށް ތައްޔަރުވަމުން ދަނިކޮށް މީހުން ހައްޔަރު ކުރަން ފަށައިފި

މުޒާހަރާ ފެށުމަށް ތައްޔަރުވަމުން ދަނިކޮށް މީހުން ހައްޔަރު ކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 03:43
0

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި މުޒާހަރާ ފެށުމަށް ތައްޔަރުވަމުން ދަނިކޮށް މީހުން ހައްޔަރު ކުރަން ފަށައިފިއެވެ.

ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންނަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށްދާ ބައެއް މީހުން ހައްޔަރު ކުރަމުންނެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ.

މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ކައިރިއަށް މީހުންނަށް އެއްވިޔަ ނުދީ އެސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.

ކޯވިޑް-19އައި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުަތަކައި ޚިލާފަށް މާލޭގައި ހިންގޭ ހަރަކާތްތައް ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ވިދާޅުވީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.