ބްރޯޑްކޮމްއަށް ފަޒީންއާއި، ޝިފްޒާގެ ނަން ތަޅުމަށް

ބްރޯޑްކޮމްއަށް ފަޒީންއާއި، ޝިފްޒާގެ ނަން ތަޅުމަށް

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 10:53
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ދިރާސާކުރި ނަންތަކުގެ ތެރެއިން 2 ނަމެއް ތަޅުމަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ ގޮޑި ހުސްވީ، ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ. އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ލިސްޓުގެ ކުރީގައި ވެސް ހިމެނުނީ ފަޒީން އާއި ޝިފްޒާ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. މިމައްސަލަ ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކައިބެހޭ ކޮމިޓީން ވަނީ މިބޭފުޅުންނާއި އިންޓަރވިއުކޮށް ޤާނޫނީ ގޮތުން ހޯދަންޖެހޭ މައުލޫމާތުވެސް ހޯދާފައެވެ.

ކޮމިޓީން ތަޅުމަށް ފޮނުވުމަށް ފާސްވެފައިވަނީ ދެ ބޭފުޅުންގެ ނަމެވެ. ތަޅުމަށް ފޮނުވުމަށް ފާސްވެފައިވަނީ ރާއްޖެ ޓީވީގައި މިހާރު މަސައްކަތް ކުރައްވަމުންދާ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި، ވީޓީވީގައި މަސައްކަތް ކުރައްވާ ޝިފްޒާ މުއްތަފާގެ ނަމެވެ.

މިރިޕޯޓް މަޖިލީހަށް ހުށަހަޅައި ނަންތަކަށް މިހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެކަމަސް ބެލެވެއެވެ. ކޮމިޓީން ތަޅުމަށް ނަންތައް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން މަޖިލީހަށް ނަންތައް ފޮނުވި ތަރުތީބުންނެވެ. މަޖިލީހުގައި ވޯޓަށް އަހާއިރު ފުރަތަމަ ނަމަށް ފާސްވާ އަދަދަށް ވޯޓު ލިބިއްޖެނަމަ ދެވަނަ ނަމަށް ވޯޓަށް ނާހާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.