ވޭމަންޑޫއަށް ކަރަންޓު ދެވުނީ ރައްޔިތުންގެ ކެތްތެރިކަމާއި، މުވައްޒިފުންގެ މުރާލިކަމާއިއެކު: ފެނަކަ

ވޭމަންޑޫއަށް ކަރަންޓު ދެވުނީ ރައްޔިތުންގެ ކެތްތެރިކަމާއި، މުވައްޒިފުންގެ މުރާލިކަމާއިއެކު: ފެނަކަ

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2021 08:33
0

ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓު ކެޑި ދިމާވި މައްސަލަ ހައްލުކޮށް ވޭމަންޑުއަށް ކަރަންޓް ދީފިއެވެ.

ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ ރޭ 23:40 ކަންހާއިރުއެވެ. ވޭމަންޑުއަށް ކަރަންޓް ދީފައި ވަނީ ބުދަ ދުވަހު މެންދުރު ފަހުން ފެށިގެން އެރަށަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި މަސައްކަތް ކޮށްގެންނެވެ. މިމައްސައްކަތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވޭމަންޑޫއަށް ކަރަންޓު ދިނުމަށްޓަކައި އިންޖީނެއް އެރަށަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ އެއަތޮޅު ގުރައިދޫން ގެންދިޔަ 360ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، އެއަތޮޅު ދިޔަމިގިލީން އެރަށަށް ގެންދިޔަ 250 ކިލޯ ވޮޓްގެ ޖަނެރޭޓަރެކެވެ. ފެނަކައިން ވިދާޅުވީ ވޭމަންޑުއަށް ގެންދިޔަ ޖަނަރޭޓަރު ރަށުގެ ކަރަންޓު ވިއުގައާ ގުޅާލާ، ބުރާސްފަތިދުވަހުގެރޭ 11:40ގައި ރަށަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. ފެނަކައިންވަނީ މި މަސައްކަތުގައި ރައްޔިތުން ދިން އެއްބާރުލުމާ، ދެއްކި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ފެނަކަ އިން ބުނީ 33 ގަޑިއިރުގެ ތެރޭގައި ވޭމަންޑުއަށް ކަރަންޓް ދެވުނީ މުރާލި މުވައްޒަފުން ކުރި ނަމޫނާ މަސައްކަތުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.