ރޭގަނޑު 8 ފަހުން ކެފޭ ރެސްޓޯރެންޓުތަކުގައި ކެއުންބުއިން މަނާ

ރޭގަނޑު 8 ފަހުން ކެފޭ ރެސްޓޯރެންޓުތަކުގައި ކެއުންބުއިން މަނާ

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 10:36
0

ކޯވިޑް-19 ފެތުރުން އަނެއްކާ ވެސް އިތުރުވަމުންދާތީ، މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8 ގެ ފަހުން ކެއުންބުއިމުގެ ޚިދުމަތް ދިނުން އެޗުޕީއޭ އިން މަނާކޮށްފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަަހައްދުގައި ކޯވިޑްގެ އަދަދުތައް މަތިވަމުންދާތީއާއި ބަލީގެ ނުރައްކާ މިހާރު އޮތް މިންވަރަށް ބަލާއިރު ކެފޭ ރެސްޓޯރެންޓްގައި ތިބެގެން ކެއުންބުއިމުގެ ހުއްދަ އޮންނާނީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 8 ޖެހުމާ ހަމައަށް ކަމަށެވެ. އޭގެ ފަހުން ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް ދިނަސް އެ ކަން ވެސް ކުރެވޭނީ ރޭގަނޑު 10:30 އާ ހަމައަށް ކަމަށް މައިމޫނާގެ އެންގުމުގައި ވެ އެވެ.

މާލޭގައި ކޯވިޑް-19ގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެ ފިޔަވަޅުތައް އެޅީ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.