މާލެސަރަހައްދު ލޮކްޑައުން ކުރިޔަސް މާދަމާ މާލޭގެ މަގުތަކަށް ނިކުންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ޙަލަތު މިހާރު މިއޮތީ އަނެއްކާވެސް މާލެެ ފުރިހަމަ ލޮކްޑައުންއަކަށް ދާންޖެހޭ ޙާލަތުގައިކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ހުސެއިން ވިދާޅުވީ ކޮންމެ ފަހަަރަކު ކޯވިޑް މަތިކޮށް ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައިގެންތިބެ ސަރުކާރުން ދަނީ ރައްުޔިތުން ނިކަމެތި ކުރަމުން ކަމަށެވެ. މިއަދު ފެނިގެން ދަނީ ކޯވިޑާއިއެކީ ދިމާވި ކަންތައްތަކުގައި ޤައުމު ވިއްކާލައި ދައުމު ދަރުވާލާފައިވާތަން ކަމަށާއި، މިކަންކަމާއި ދެކޮޅަށް މަދަމާ ނިކުންނާނެކަމަށް ހުސެއިން ވިދާޅުވިއެވެ.
މާލެ ލޮކްޑައުން ކުރިޔަސް މާދަން މަގުތަކަށް ނިކުންނާނަން. ޤައުމު ވިއްކާލާފަ ހެޔޮވަރު ވަރަކަށް ދިރުވާލާފަ ބަހަނާ ނުދައްކަވާ.
– ހުސެން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން މިއަދު މަޖިލީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ އަލުން ލޮކްޑައުންއަކަށް ދިއުމުގެ ޤާބިލުކަން ނެތްކަމަށެވެ. ނަމަވެސް މިހާރު މާލޭގެ ޙާލަތު ހުރިގޮތުން މިއޮތީ ލޮކްޑައުންގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުގައިކަމަށާއި އެވަރަށް ޙާލަތު ގޯސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މާލޭގައި ބަލީގެ ކޮންޓްރޯލް ގެެއްލިފައި އޮތްނަމަވެސް ލޮކްޑައުންއަކަށް ނުގޮސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާމުން އަންނަކަމަށާއި، އަދިވެސް އިތުރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ