ދައުވާތަކަށް ޖަވާބުދާރީވުމަށް ނިހާނަށް އިތުރު ފުރުސަތެއް

ދައުވާތަކަށް ޖަވާބުދާރީވުމަށް ނިހާނަށް އިތުރު ފުރުސަތެއް

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 12:31
0

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ދައުވާތަކެއް ކޮށްފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބޭތީ މިއަދު ޝަރީއަތް ފަސް ކޮށްފި އެވެ.

ނިހާންގެ މައްޗަށް 6 ދައުވާ އެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ މައްސަލަ ކޯޓުގައި އޮތުމުން ނިހާންގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ހިފަހައްޓައި، އޭނާ ފުރުން އޮތީ މަނާކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމާލީ ނިހާންގެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުވެފައި ވީނަމަވެސް އެކަން އެންގުމުގެ ލިޔުން އޭނާއަށް ލިބިފައި ނުވާތީ އާއި ބައެއް ލިޔެކުޔުންތައް ސާފުނުވާ ކަމަަށް ނިހާންގެ ފަރާތުން ބުނުމުންނެވެ. ނިހާންގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ބެއްލެވުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ފަސް ކޮށްފަ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ މައްސަލަ އޮތީ އެ ސެކްޝަންގައި ކަމަށެވެ. އަދި އެ ސެކްޝަންގައި މައްސަލަ އޮތްކަމުގެ ލިޔުން ހަވާލު ނުކުރެވި އޮތީ ރެޖިސްޓްރޭޝަން ސެކްޝަނަށް ދިމާވި އިދާރީ އޮޅުމަކުން ކަމަށާއި މިއަދު އެ ލިޔުން ހަވާލު ކުރާނެ ކަމަށް ގާޒި ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.