ރަށްވެހި ފަތިސް ކެމްޕެއިން މިރޭ އިފްތިތާހު ކުރަނީ

ރަށްވެހި ފަތިސް ކެމްޕެއިން މިރޭ އިފްތިތާހު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2021 10:20
0

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ރަސްމީކޮށް ކެމްޕެއިން އިފްތިތާހު ކުރުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން ބުނެފައިވަނީ ކެމްޕެއިން ލޯންޗިންގެ ޙާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ ވަޒީރުންނާއި އެޕާޓީގެ އިސްބޭފުޅުން ބައިވެރިވާނެއެވެ.

މުޅި ރާއްޖޭގައި އެކުއެކީ ފެށޭ މި ކެމްޕެއިން ހަރަކާތަކީ ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ހަރަކާތްތައް ރަސްމީކޮށް ފަށުމަށް ބާއްވާ ހަރަކާތަށްވާއިރު، މިރޭގެ ރަސްމިއްޔާތުގައި ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރެވޭނެ ގޮތާއި، ކެންޕެއިން ހަރަކާތައް ކުރިއަށް ގެންދާނެ ގޮތް ހާމަކުރެވޭނެކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ދަނީ މިހާރުވެސް ދަނީ ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އަތޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ އިސްބޭފުޅުންނާއި ކެންޑިޑޭޓުންނާއި، ބައްދަލު ކުރައްވަމުންނެވެ. މިބައްދަލުވުމުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ދަނީ ބައިވެރިވެ ސަރުކާރުން ކުރައްވާކަންކަން ހާމަކޮށްދެއްވަމުންނެވެ.

ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާއިރު ލޯކަލް ކައުންސިލްތަކުގެ 21 ގޮނޑި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.