ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތައް، އެއް ޕާޓީން އަނެއް ޕާޓީއަށް ވާގިވެރިވާން އެއްބަސްވުންތައް ހަދަން ގާނޫނީ ހުރަހެއް ނެތް ކަމަށާއި ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަން ކުރެއްވުމުގައި އެފަދަ އެއްބަސްވުމަކަށް ރައީސް އިހުތިރާމް ކުރައްވަން ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަޑިޔާރު ވިދާޅުވީ ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން ކަމަށެވެ.
އަބްދުﷲ ދީދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުވާ ބޭފުޅަކު އެކުވަލާލާ ކެބިނެޓަށް ނުފޫޒު ފޯރުވޭނެހެން އެކުލަވާ އެއްވެސް އެއްބަސްވުމަކީ ޤާނުނީ ހަމަތަކުގެ މަތީން ބަލާއިރު ސައްޚަ އެއްބަސްވުމަކަށް ނުވާނެކަމަށެވެ. އެފަދަ އެއްބަސްވުމެއް ދުސްތޫރީގޮތުންވެސް ސައްޚަ ވާނެ ގޮތެއް ނޯންނާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މުޅިން ރަނގަޅު ވާހަކައެއް ނޫން. ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކެބިނެޓް އެކުލަވާލުމުގެ ބާރަށް ނުފޫޒު ފޯރާނޭހެން އެކުލަވާލެވޭ އެއްބަސްވުމެއް ދުސްތޫރީގޮތުން ޞައްޙަވާނެ ހަމައެއް ނޯންނާނެ.
– ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މުޅިން ރަނގަޅު ވާހަކައެއް ނޫން. ކޯލިޝަން ސަރުކާރަކީ ރިޔާސީ ނިޒާމު ދަންނަ މަފްހޫމެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކެބިނެޓް އެކުލަވާލުމުގެ ބާރަށް ނުފޫޒު ފޯރާނޭހެން އެކުލަވާލެވޭ އެއްބަސްވުމެއް ދުސްތޫރީގޮތުން ޞައްޙަވާނެ ހަމައެއް ނޯންނާނެ. https://t.co/EZXEfzLTww
— Dr. Ahmed Abdulla Didi (@AABDULLADIDI) February 24, 2021
ވަޒީރުންގެ މަޖިލީހުގެ ވުޒާރާތައް ޕާޓީތަކަށް ވަކި އިންސައްތައެއް ކަނޑައަޅުއްވައިގެން ސްލޮޓްތަކެއް ހަމަޖައްސައިގެން ގެންދާކަމަށްބުނެ އެކަމުގައި ޤާނޫނީ ގޮތުން އޮތްގޮތެއް ސާފުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ މަސްއޫސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަައަށް ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ އޭޖީ ވިދާޅުވީ، ކޯލިޝަން އެއްބަސްވުމަކީ ދެ ސިޔާސީ ޕާޓިއެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއްކަމަށާއި، އެއީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ދައުރެއް އޮންނަކަމެއް ނޫންކަމަށެވެ. ނަމަވެސް އެއީ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށާއި، ކޯލިޝަން އެއްބަސްވުމަކީ ޞައްހަ އެއްބަސްވުމެއްތޯ ނުވަތަ ނޫންކަން ދައުލަތުގެ ބަންޑާރަ ނާއިބު ނުނިންމަވާނެކަމަށެވެ.
ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމުވީފަހުން އުފެދުނު ކޮންމެ ސަރުކާރެއްވެސް އިންތިޚާބުވީ ކޯލިޝަނެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަރުކާރު ހިންގާތާ މިސަރުކާރަށް މިވީ މުއްދަތާ ހަމައަށް ކޯލިޝަން އޭގެ ޒާތުގައި ދެމިއޮތް ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރެވެ.
2008ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ރޫޅުނީ 21 ދުވަހުންނެވެ. 2013ވަނަ އަހަރު އުފެދުނު ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން އެސަރުކާރަށް ގާތްގަނޑަކަށް އަހަރެއްވީތަނާ ވަނީ ރޫޅިފައެވެ.
ކޮމެންޓު ފޮނުވާ