އުކުޅަހު ބަނދަރު މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ

އުކުޅަހު ބަނދަރު މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 08:27
0

އއ.އުކުޅަހު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.

އުކުޅަހު ބަނދަރު ހެދުމާއި، ފެރީ ޓަރމިނަލްގެ ތޮށި ހެދުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތުގެދަށުން އެރަށު ބަނދަރަށް 136 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުދި ދޯނިފަހަރަށް ގާތްކުރެވޭގޮތަށް ޖެޓީއެއް ހެދުންވެސް ހިމެނެއެވެ.

މިމަސައްކަތަށް 19.9މިލިއަން ރުފިޔާގެ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.