އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ކުރިއަށް ނުގެދެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއާއިއެކު ފުލުހުން ދަނީ މުޒާހަރާއަށް ނިކުތުމުގެ ކުރިން މަގުތަކަށް ނިކުންނަ މީހުން ހުއްޓުވައި ފިޔަވަޅު އަޅަމުންނެވެ.
މިަދުވެސް އިދިކޮޅު ކޯލިޝަނުން ވަނީ މުޒާހަރާ ކުރުމަށް ނިކުތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތައް ފުލުހުންނެއް ވެގެން ވަނީ މުޒާހަރާ ކުރަން ނިކުތުމަށް މަސައްކަތް ކުރި މީހުން ޕީޕީއެމް އޮފީސްތެރެއަށް ވައްދައި މުޒާހަރާއަށް ނުނިކުމެވޭނެހެން ވަނީ ހުރަސް އަޅާފައެވެ.
Overflowing democracy by our Police team under @ibusolih regime. ????????@PoliceMv @MohamedNasheed @USAmbSLM @USEmbSL @UKinMaldives @GermanyinSL @FranceinColombo @EU_Commission @UNMaldives @UN_HRC @hrcmv @HPA_MV pic.twitter.com/PZxdhc7Boz
— Mohamed Saeed (@em_saeed) February 24, 2021
އެތައް ފުލުހުންނެއް އެއްވެ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޮޑިވެގެންތިބެ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް އަމަލުކޮށްފައިވާ ގޮތާއިމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
ކުރިއަށް އޮތްތަނުގައި މާލޭގެ މަގުމަތީގައި އެއްވުންތައް ބާއްވާނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މުޒާހަރާތައް ބާއްވާނެކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުވެސް މާލޭގައި ބޮޑު މުޒާހަރާ ބާއްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ