ތ.ވޭމަންޑޫ އިންޖީނުގޭގައި މިއަދު އަލިފަންރޯވެ ހިނގި ހާދިސާގައި އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކައިން ކުރި ޓްވީޓުގައި ބުނެފައިވަނީ ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައިކަމަށެވެ. މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނައިކައިން ވަނީ މަޢާފަށް އެދިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.
ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ. މިހިތާމަވެރި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް (1/2)
— Fenaka Corporation Ltd (@TeamFenaka) February 24, 2021
މިހާދިސާގައި ގުޅިގެން ފެނައިގެ އެމްޑީ ސައީދު ހިމެނޭހެން އިސްޓީމެއް ވަނީ މިއަދު އެރަށަށް ގޮސްފައެވެ. މިހާދިސާގައި އަލިފާން ނިއްވާލެވިފައިވަނީ ރަށުގެ ރައްޔިތުންނާއި، ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ