ޤަވާއިދާއި ޚިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރި ބޭރުގެ ބޯޓެއް އަތުލައިގަނެފި

ޤަވާއިދާއި ޚިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރި ބޭރުގެ ބޯޓެއް އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 02:18
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިި ޚިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ނ.އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ.

މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ދޯނިން މިއަދު ހެނދުނު8:45 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުއްފުއްޓަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.