17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 01:21
0

ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލިމަށް ޖޭއެސްސީން ބެލުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި 18 މާރިޗު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުން ގައި ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޙިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޙިދުމަތާއި ކޯޓުތަކުގެ ޙިދުމަތް ހިމަނުއްވައިފައިވާތީ ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ޙިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވާފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ އާ ޚިލާފަށް 17 ފަނޑިޔާރެއް ޢަމަލުކޮށްފައިވާތީ، މި 17 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 22 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރުމަށްޓަކައި، މި މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، އެކުލަވާލާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

1. ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އިބްރާޙީމް އިސްމާޢީލް
2. ޑްރަގްކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރު
ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން އިބްރާހީމް
ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤު
5. ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢާމިރު
6. މ.މުލީމެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފް
7. ކ.ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އަޙްމަދު
8. ކ.ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛުޙައްމަދު ނަސީމް ޢަލީ
9. ލ.ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްމަޖީދު
10. ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފް
11. ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު
12. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ސަޢީދު ޢަލީ
13. ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފް
14. ރ.ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ނަދީރު މުޙައްމަދު
15. ރ.އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޞާދިޤު
16. ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު
17. ރ.ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޒާހިރު

މިފަނޑިޔާރުންގެ މައްސަލަ ބެލުމުގެ މަސައްކަތް ޖޭއެސްސީން މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.