އުސޫލާއި ހިލާފުވެ، ކޯވިޑަށް ޕޮޒިޓިވްވާ ސްޓެލްކޯ މުވައްޒަފުންނަށް ފިޔަވަޅުއަޅަނީ

އުސޫލާއި ހިލާފުވެ، ކޯވިޑަށް ޕޮޒިޓިވްވާ ސްޓެލްކޯ މުވައްޒަފުންނަށް ފިޔަވަޅުއަޅަނީ

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 01:00
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވެގެން އެ ބައްޔަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަން ސްޓެލްކޯ އިން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ސޮއިކުރައްވައި މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ބައެއް މުވައްޒަފުން ގައިޑްލައިނާ ހިލާފުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސަބަބުތަކާހުރެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ކަރަންޓިން ވާން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

އެކުންފުނިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ސްޓެލްކޯއަކީ24 ގަނޑިއިރު ރައްޔިޔުންގެ އެންމެ އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، އަމިއްލަ ފަރުވާ ކުޑަކަމުން ކޯވިޑަށް ޕޮޒިޓިވްވެ ޚިދުމަތްތަކަށް ބުރޫ އެރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. ކުންފުނިންވެސް މުވައްޒިފުންނަށް ދީފައިވާ ލުއިތަކަކީ އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން އަމަލު ކުރަންޖެހޭ ކަންތައްތަކެއްކަމަށް ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ވަނީ އެއްވެސް މުވައްޒަފެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެންނަ ނަމަށް ވަގުތުން ފްލޫ މެނޭޖަރަށް އަންގައި ޓެސްޓު ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިހާލަތުގައި ހުރިހާ މުވައްޒަފުން ވެސް އެޗްޕީއޭ އާއި ސްޓެލްކޯގެ ގައިޑްލައިންތަަކަށް އަމަލުކުރުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.