މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ޕޮލިސްއަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ބ. އޭދަފުށި/ ނާދީ، (37އ) މަޢުރޫފް ޢަލީ، އަށް އަންގާފައިވާކަމަށެވެ.
މިމީހާ ހާޒިރުވުމަށް އަންގާފަިއވަނީ ހުޅުމާލޭ ޕޮލިހަށް އަންނަ މަހުގެ 03 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. އަދި މިމިހާ ހާޒިރު ކުރަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް، ތަހުގީގަށް ސުވާލުކުރުމަށް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ