ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބޭނީ 42 އިންސައްތަ ގޮޑި: ޓޮމް

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބޭނީ 42 އިންސައްތަ ގޮޑި: ޓޮމް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2021 12:29
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިސަރުކާރަށް ލިބޭނީ 42 އިންސައްތަ ގޮޑިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 80 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ތޯރިހު ވިދާޅުވީ މިސަރުކާރުގެ ކޯލިޝަންގައި ލީޑަރުން ތަކެއް ތިއްބެވި ނަމަވެސް ރައްޔިތުން މިސަރުކާރާއި އެކުގައި ނެތްކަމަށެވެ.

އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި، އަދާލަތުގެ ރައީސް ޝައިހު އިމްރާން މިސަރުކޯލިޝަންގައި ތިއްބެވި ނަމަވެސް ސަރުކާރާއިއެކު އެކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންވެސް އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް ނެތް. މިއީ ރައްޔިތުންގެ ތާއީދު އޮވެގެން ހިންގާ ވެރިކަމެއްނޫން. މި ސަރުކާރަށް އެމްޑީޕީއަށް ލިބޭނީ 42 އިންސައްތަ ގޮޑި. 80 އިންސައްތަ ވޯޓަށް އުންމީދު ކުރުމަކީ ކޮސްކަމެއް.

– ތޯރިގު ވިދާޅުވިއެވެ.

މެމްބަރު ތޯރިގު ވިދާޅުވީ ކައުންސިލް އިންތިޚާބާއި ކުރިމަތިވުމުން އަނެއްކާވެސް ރަށްވެހި ފަތިސްގެ ނަމުގައި ފާޑުފާޑުގެ ވާހަކަ ދައްކަމުންދާއިރު، ރައްޔިތުން ތިބި ހާލެއް މި ބޭފުޅުންނަށް ކުޑަކޮށްވެސް ނޭގޭ ކަމަށެވެ. އަތޮޅު ތެރޭގެ ރައްޔިތުން އަގަޔާއި އަތާއި ދިމާނުވާ ހާލަތުގައި ތިބިއިރު، އަނެއްކާވެސް އިތުރު ވައުދުތަކެއްވެ ރައްޔިތުން މޮޔަ ހެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް ތޯރިގު ވިދާޅުވިއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް މިއަދު އެމްޑީޕީއަކީ ފުރުސަތު ދީދީވެސް ރަނގަޅުނުވި ބައެއްކަން އަމަލާއި ބަހުން ހާމަވެފައިވާކަމަށާއި، މި އިންތިޚާބު އިދިކޮޅު ކޯލިޝަނުން ބޮޑުތަނުން ކާމިޔާބް ކުރާނެކަމަށް ތޯރިގު ވިދާޅުވިއެވެ.

އެމްޑީޕީގެ އޮފީހުގައި އިންނަވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރަައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން 50 ޕަސެންޓް ވޯޓް ހޯދި ކަމަށާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑީގެ ޕަސެންޓުން 70 ޕަސެންޓް ވޯޓް ލިބިފައި ވަނީ އެމްޑީޕީއަށް ކަމަށެވެ. މިހާރު ފެންނަ މަންޒަރުތަކުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 75 ޕަސެންޓަށްވުރެ އިތުރަށް އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ އަންދާޒާއަކީ 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.