25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 10:50
0

މާލެ ސަރަހައްދުގައި 25 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ވިދާޅުވީ، 25 އަހަރުން މަތީގެ މީހުންނަށް އިތުރުން، ދިގުމުއްދަތަކަށް ބޭސްކުރާ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އެންމެންނަށްވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

މާލެ އިން ކޯވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު ގައެވެ. ވިލިމާލެ އިން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އަދި ހުޅުމާލެ އިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިސެންޓަރުތަކަށް ޒިޔާރަތް ކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 85،000 އަށްވުރެ މައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.