ރަސްމާލޭގައި 800 ހެކްޓަރުގެ ބިން ހިއްކައިފި: ރައީސް

ރަސްމާލޭގައި 800 ހެކްޓަރުގެ ބިން ހިއްކައިފި: ރައީސް

Author
އަހުމަދު
17 ނޮވެމްބަރ 2026 11:53
0

 

ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ލިބޭ ވަރުގެ ބިމެކެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފަށާފައިވާ ހުޅުމާލޭގެ 4،000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމައި، އެ ފްލެޓްތައް ލިބުނު ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމެވެ. ހުޅުމާލެ ފިޔަވަހި 3 ގެ ގޯތިތައްވެސް ވަނީ ހަވާލުކޮށްފައެވެ. އަދި މެދުކެނޑުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައި ކުރިއަށްދާއިރު، ގުޅިފަޅުގެ ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ހަލުވިކޮށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެއަކީ މިހާރު ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ ދޫކުރާ 15،000 ގޯތި ދޫކުރާނީވެސް މި މަޝްރޫޢުގެ ތެރެއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.