މާފުށީގައި ބަނގުރާ ވިއްކި ކަމުގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާފުށީގައި ބަނގުރާ ވިއްކި ކަމުގެ ތުހުމަތުގައި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

Author
އަހުމަދު
19 އޮކްޓޯބަރ 2026 09:23
0

ކ. މާފުށީގައި ބޮޑު މިންވަރަކަށް ބަނގުރާ ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށީ، 23 އަހަރުގެ ނަބީހު އަބްދުއްރަޝީދު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ނަބީހު މާފުށީގައި ދިރިއުޅުނު ގެ ބަލައިފާސްކުރުމުން 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯޓަށް ހާޒިރުކުރުމުން ނަބީހު އަށް ދުވަހަށް ބަންދުކޮށްފައިވާއިރު، މައްސަލަ ތަހުގީގުކުރަމުން ދަނީ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް، މާލެއަށް ގިނަ އަދަދަކަށް ބަނގުރާ ފޯރުކޮށްދޭ ތަނެއް ރެއިޑްކޮށް ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.