ގދ. ފަރެސްމާތޮޑާގައި މިއަދު ފަތިހު ގެއެއްގައި ރޯވެ، އެ ގެއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ފަތިހު 4:00 ހާއިރު ހިނގި މި ހާދިސާގައި އެކަކަށް އަނިޔާވި ނަމަވެސް، އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަލިފާނުގެ ސަބަބުން ގޭގެ ގިނަ ބައެއް އަނދައިގެން ގޮސްފައިވެ އެވެ.
ފުލުހުން އަދި ހިނގަމުންދާ ބެލުމުން ދައްކާ ގޮތުގައި، އަލިފާން ރޯވެފައި ވަނީ ގޭގެ ކޮޓަރިއެއްގައި ހަރުކޮށްފައިވާ އޭސީއަކުންނެވެ.
ކޮމެންޓު ފޮނުވާ