ދަތިތަކާއެކުވެސް 1,273 މަޝްރޫއެއް ކުރިއަށް އެބަ ދޭ: ޒަރީރު

ދަތިތަކާއެކުވެސް 1,273 މަޝްރޫއެއް ކުރިއަށް އެބަ ދޭ: ޒަރީރު

Author
އަހުމަދު
19 އޮކްޓޯބަރ 2026 01:49
0

 

ރާއްޖޭގެ އެކިއެކި ރަށްރަށުގައި މިހާރު 1,273 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބަނދަރު ފަދަ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތައް ދިމާވި ނަމަވެސް، ސޮއިކުރެވިފައިވާ މަޝްރޫއުތައް ހުއްޓިފައި ނުވާ ކަމަށެވެ. ވަޒީރުން މަޝްރޫއުތައް ބައްލަވައި، އިސްކަންދޭންޖެހޭ ތަރުތީބުން މަސައްކަތްތައް ކުރިއަށް ގެންދަވާއިރު، ހުރިހާ ރަށެއްގެ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ދަރަނި އަނބުރާ ދެއްކުމަށް ދުރާލާ ތައްޔާރުވެ، ސޮވްރިން ފަންޑަށް ފައިސާ ޖަމާކުރަމުން ގެންދާ ކަމަށެވެ. ކުރިން އޮތް ވަރުގެ ދަރަނީގެ ބުރަ މިހާރު ނެތް ކަމަށާއި، ކުރިއަށް އޮތް ދަރަނިތައް ސަރުކާރުގެ އާމްދަނީން ހަމަޖެއްސޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ކުރިމަތިވި ގޮންޖެހުންތައް ކުރިއަށް ދެމިނުހުންނާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.