އއ. ރަސްދޫގައި މަސްތުވާތަކެތި އުފައްދައި ވިއްކަމުންދާ ކަމަށް ތުހުމަތުކުރެވޭ ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ރަސްދޫގެ 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި އާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތް ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެއް ހިމެނެއެވެ. ކޯޓުން އެ މީހުން ތިން ދުވަހުން ފެށިގެން 10 ދުވަހާ ހަމައަށް ބަންދުކޮށްފައިވާއިރު، ހައްޔަރުކުރި މީހުންނަކީ:
މުހައްމަދު އުލްވާން ރަޝީދު (21)، ލިލީމީޑް/އއ. ރަސްދޫ – 5 ދުވަސް
އަހްމަދު އަރީފު (37)، ގުލްދަސްތާގެ/އއ. ރަސްދޫ – 5 ދުވަސް
އިބްރާހީމް ދިނާން (30)، ހަވާމަންޒިލް/އއ. ރަސްދޫ – 10 ދުވަސް
އަހްމަދު އިކުލީލް (37)، ފެހިވިނަ/އއ. ރަސްދޫ – 7 ދުވަސް
އަހްމަދު މުހައްމަދު (44)، ކާނޭޝަންމާގެ/އއ. ރަސްދޫ – 5 ދުވަސް
އަލީ ވަސީމް (44)، ކާނޭޝަންމާގެ/އއ. ރަސްދޫ – 10 ދުވަސް
ލީނާ މޫސާ (23)، ވިދުވަރުގެ/ހދ. ކުމުންދޫ – 3 ދުވަސް
ރިމާޒު މުހައްމަދު (29)، ހިކިފިނިފެންމާގެ/އއ. ތޮއްޑޫ – 10 ދުވަސް
މެހެދީ ހަސަން (27)، ބަންގްލަދޭޝް – 10 ދުވަސް
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ