ހުސްކުރަން އެންގުމުން، ކުލި ނުދައްކާ ހުރި ދެ ފްލެޓުން ފައިސާ ދައްކަން ފަށައިފި

ހުސްކުރަން އެންގުމުން، ކުލި ނުދައްކާ ހުރި ދެ ފްލެޓުން ފައިސާ ދައްކަން ފަށައިފި

Author
އަހުމަދު
18 އޮކްޓޯބަރ 2026 02:03
0

 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ "އަމާން" ޓަވަރުތަކުގައި، ތަނާ ހަވާލުވީއްސުރެ އެއްވެސް ކުއްޔެއް ނުދައްކާ ހުރި ދެ ފްލެޓެއް ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގުމާ ގުޅިގެން، އެ ދެ ފަރާތުން ވެސް މިހާރު ކުލި ދައްކަން ފަށައިފި އެވެ.

މި ޚަބަރު ކަށަވަރުކޮށްދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ކުލި ނުދެއްކުމުން ނޯޓިސް ދީފައިވާ އެހެން ފްލެޓްތަކުން ވެސް ފައިސާ ދައްކާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ކުންފުންޏަށް ރުޖޫޢަވަމުން އަންނަ ކަމަށެވެ.

އެފްޑީސީން ބުނެފައިވަނީ، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ފައިސާ ދެއްކުމަށް 135 ދުވަސް ދީ، ދެ ފަހަރު ޑިފޯލްޓް ނޯޓިސް ފޮނުވައި، 30 ދުވަހުގެ ނޯޓިސް ވެސް ދިން ކަމަށެވެ. އެހެން ނަމަވެސް ފައިސާ ނުދެއްކުމުން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެންގީ އެވެ. ހުރިހާ ފަރާތަކާ މެދު އެއް އުސޫލަކުން މުޢާމަލާތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނާ އެފްޑީސީން، މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް ވެސް އެދިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.